ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 70,000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން ރާއްޖެއަށް 70,910 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ޖަރުމަނުވިލާތަކީ މިހާރު ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މި ލިސްޓުގެ އެއްވަނައިގައި 188,375 ފަތުރުވެރިންނާއެކު ޗައިނާ އޮތްއިރު، ދެވަނައިގައި އޮތީ 163,236 ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއެވެ.
އަދި ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން މި މުއްދަތުގައި 91,196 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާއިރު ހަތަރު ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިޓަލީއިން މި މުއްދަތުގައި 76,429 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,148,929 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 1,208,018 ފަތުރުވެރިންނާ އަޅާބަލާއިރު 4.9 އިންސައްތަ ދަށް އަދަދެކެވެ.
ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، 815,316 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 257,574 ފަތުރުވެރިން އަދި ހޮޓެލްތަކުގައި 26,960 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ޖުމްލަ 1,304 ތަނެއް ހުޅުވާފައިވާއިރު، މީގެ ތެރޭގައި ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި ހޮޓެލްތައް ހިމެނެއެވެ. މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 68,190 އެވެ.
ޖަރުމަނުން އައި ފަތުރުވެރިންގެ އަދަދު 70,000 އަށްވުރެ މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ