ހަސަން މެރިންއިން މާކިއުރީ އެވެޓާ 20E އަދި 35E އިލެކްޓްރިކް އިންޖީނު ބާޒާރަށް ނެރެފި ހަސަން މެރިންއިން މާކިއުރީ އެވެޓާ 20E އަދި 35E އިލެކްޓްރިކް އިންޖީނު ބާޒާރަށް ނެރެފި

މާކިއުރީގެ ރާއްޖޭގެ އޮތޮރައިޒްޑް ސޭލްސް އެންޑް ސާވިސް ޑިސްޓްރިބިއުޓާ، ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަނުން މާކިއުރީ އެވެޓާ 20E އަދި 35E އިލެކްޓްރިކް އިންޖީނު ބާޒާރަށް ނެރެފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި އަލަށް ބާޒާރަށް ނެރުނު އިންޖީނުތައް ދައްކާލާފައި ވާއިރު، މާދަމާގެ ނިޔަލަށް ކުރިއަށްދާ އެކްސްޕޯއިން އެ އުފެއްދުމާ ބެހޭ މައުލޫމާތު ލިބޭނެ އެވެ.
ހަސަން މެރިންގެ ޖެނެރަލް މެނޭޖަރު މަހްމޫދު ޒިޔާއު "އަދަދު" އަށް ވިދާޅުވީ އަލަށް ތައާރަފްކުރި 20E އަކީ ކުދި ލޯންޗުތަކާއި ޑިންގީތަކަށް ވަރަށް އެކަށީގެންވާ އިންޖީނެއް ކަމަށެވެ.
"20E އަކީ އަށް ހޯސްޕަވަރުގެ އިންޖީނެއް، ހޯސްޕަވަރުން ކިޔާ ކަމަށްވާނަމަ. އެއް ފަހަރު ޗާޖުކޮށްގެން 10 ގަޑިއިރު 12 ގަޑިއިރު ދުއްވޭނެ. މި ޓެކްނޮލޮޖީ އަކީ އެވޯޑްސް ވެސް ލިބިފައިވާ ޓެކްނޮލޮޖީއެއް،" އޭނާ ވިދާޅުވި އެވެ.
މާކިއުރީ އެވެޓާ 35E އަކީ މިވަގުތު ރާއްޖޭގައި ހުރި އިލެކްޓްރިކް އެންމެ ހޯސްޕަވަރު މަތި އިންޖީނުކަން ފާހަގަކުރައްވާ ޒިޔާއު ވިދާޅުވީ އެއީ 15 ހޯސްޕަވަރުގެ އިންޖީނެއް ކަމަށެވެ.
"މާލެއިން ތޮއްޑޫއަށް ދަތުރު ކުރެވޭ ވަރުގެ ބެޓަރި ކެޕޭސިޓީ ހުރޭ އޭގައި. ފުލް ޗާޖު ކޮށްގެން އެ އިންޖީނުގައި 90 ކިލޯ މީޓަރަށް ދުއްވޭ،" އޭނާ ވިދާޅުވި އެވެ.
މާކިއުރީ އެވެޓާގެ އެންމެ ހާއްސަ ކަމަކީ ސްމާޓް ޓެކްނޮލޮޖީގެ އެހީގައި ކޮންމެ އިންޖީނެއްގެ ޕެނަލްއިން ދުއްވޭ ކިލޯ މީޓަރުގެ އިތުރުން ބެޓަރި ކެޕޭސިޓީ ހުރި މިންވަރު ބަލާލެވޭތީ އެވެ. ފޯނު މެދުވެރިކޮށް ވެސް މާކިއުރީ އެވެޓާ 20E އަދި 35E ގެ އިންޖީނުން ދެވޭ ދުރުމިނާއި ބެޓަރި ބޭނުން ކުރެވޭ މިންވަރު ބަލައިލެވެ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯގައި ހަސަން މެރިންގެ ސްޓޯލްގައި ހަސަން މެރިން އިން ވިއްކާ މާކިއުރީގެ ހުރިހާ އިންޖީނަކާއި، ބައެއް ތަކެތި ދައްކާލަ އެވެ.
ހަސަން މެރިން ސޮލިއުޝަންއަކީ ރާއްޖޭގެ ކުއިކްސިލްވާ މެރިން، މަލްޓިފްލެކްސް، އަކުއާ މެރީނާ، އެންޖީކޭ، ތޯޑޮން، އަޓްވުޑްގެ އޮފިޝަލް ޑިސްޓްރިބިއުޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ