ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތެއްގެ ސެމީ ފައިނަލުން މޮޅުވެ، މި ޒޯނުގެ ފައިނަލުގެ ޖާގައަކާ އެއްކޮށް، މުބާރާތުގެ ގަދަ 16 ބުރުން، ގދ.ގެ ޗެމްޕިއަން ވާދޫގެ އިތުރުުން، ޏ. ފުވައްމުލަކު ސިޓީ، ދަޑިމަގުން ފުރުސަތު ހޯދައިފި އެވެ.
ޒޯން ހަތެއްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދަޑިމަގުން ފޭދޫގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ. އަދި ވާދޫ އާއި ހިތަދޫގެ މެޗު 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ވާދޫ މޮޅުވީ 6-4 އިންނެވެ.
މި މެޗުގައި ދަޑިމަގުން ޖެހި ހަމައެކަނި ގޯލު މެޗުގެ 13 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު އަޒީމް ހަސަން (ރާމޯސް) އެވެ. މި މެޗުގެ ފަހު ވަގުތު، ފޭދޫ އަށް އެއްވަރުކޮށްދޭން ޔޫސުފް ސިދާމް (ސިއްކޮ) އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މި މެޗުގައި، ފޭދޫން ފޮނުވާލި ގިނަ ބޯޅަތަކެއް ދަޑިމަގުގެ ގޯލް ބެލެހެއްޓި ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ވަނީ މަތަކޮށްފަ އެވެ.
އަނެއް ސެމީ ފައިނަލުގައި، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ދެ ވަނަ ހާފުގެ 13 ވަނަ މިނިޓުގައި ހިތަދޫ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މިއީ، ވާދޫގެ މުހައްމަދު ނާއިލް (އެޑީ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން ވާދޫގެ މުސައްނިފް މުހައްމަދު (މުއްސެ) ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ހިތަދޫގެ އައިމަން ނަޒީރު ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު ވާދޫ އިން ޕެނަލްޓީ ޖެހި ހުރިހާ ކުޅުންތެރިން ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ދެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރި ކުޅުންތެރިންނަށް ބަލާއިރު، ވާދޫން ޕެނަލްޓީ ކާމިޔާބުކުރީ އެޑީގެ އިތުރުން، މުހައްމަދު އިޔާދު، ޔަޒްދާން އިބްރާހިމް، އަހުމަދު ޝައިހާން ޖަލީލް އަދި މޮޅުވި، ޕެނަލްޓީ ވައްދާލި އަޔާޒް އަހުމަދު (އަޔާ) އެވެ.
ހިތަދޫން ޕެނަލްޓީތައް ކާމިޔާބުކުރީ، ހާޒިމް ފައުޒީ (ހަތީ)، މުހައްމަދު އިންޝާލް (އިންޓެ) އަދި ހުސެއިން ފަސާހު އެެވެ.
މިދިޔަ އަހަރުގެ ޒޯން ބުރުގައި، ވާދަކޮށް ވާދޫ އަށް މުބާރާތް ނިމުނީ، ހިތަދޫ އަތުން 4-1 އިން ބަލިވުމުންނެވެ. އެކަމަކު، މި ފަހަރުގެ ޒޯން ބުރުގައި، ވާދޫން މި ވަނީ ހިތަދޫގެ މައްޗަށް ކުރިހޯދައި ގަދަ 16 ޓީމުގެ ތެރޭގައި ހިމެނިފަ އެވެ. ވާދޫ ވަނީ 2023 ވަނަ އަހަރުގެ ގޯލްޑަން ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ.
ޒޯން ހަތެއްގެ ފައިނަލުގައި، މި ފަަހަރު، ދަޑިމަގު އާއި ވާދޫ ވާދަކުރާއިރު, މި ދެ ޓީމު ޒޯން ހަތެއްގެ ޒޯން ބުރުގައި ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.
20:00 ޒޯން ތިނެއް: ބ. އޭދަފުށި - ކ. ކާށިދޫ
20:00 ޒޯން ތިނެއް: ޅ. ކުރެންދޫ - ކ. މާފުށި
21:00 ޒޯން އަށެއް: ވިލިމާލެ - މާފަންނު
21:00 ޒޯން އަށެއް: މައްޗަންގޯޅި - ހުޅުމާލެ
22:00 ޒޯން ފަހެއް: މ. މުލަކު - މ. ދިއްގަރު
22:00 ޒޯން ފަހެއް: ދ. ކުޑަހުވަދޫ - ފ. ދަރަނބޫދޫ
23:00 ޒޯން ހައެއް: ތ. ތިމަރަފުށި - ލ. އިސްދޫ
23:00 ޒޯން ހައެއް: ލ. ގަން - ތ. ހިރިލަންދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯނު ފައިނަލުން ޖާގަ ހޯދައި ވާދޫ އާއި ދަޑިމަގު ގަދަ 16 އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯނު ފައިނަލުން ޖާގަ ހޯދައި ވާދޫ އާއި ދަޑިމަގު ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ