ލޯކަލް ކައުންސިލް ބައި-އިލެކްޝަން: އިންތިހާބު ބޭއްވި ދާއިރާތަކުން ޕީއެންސީއަށް ނުވަ ގޮނޑި، އެމްޑީޕީއަށް ދެ ގޮނޑި ލޯކަލް ކައުންސިލް ބައި-އިލެކްޝަން: އިންތިހާބު ބޭއްވި ދާއިރާތަކުން ޕީއެންސީއަށް ނުވަ ގޮނޑި، އެމްޑީޕީއަށް ދެ ގޮނޑި

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އިންތިހާބު ބޭއްވި ދާއިރާތަކުން ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ނުވަ ގޮނޑި ކާމިޔާބުކުރިއިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ދެ ގޮނޑި ހޯދައިފި އެވެ.
ބައި-އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކު ވަނީ ޕީއެންސީގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ޖުމްލަ 12 ދާއިރާއަކަށް 13 މެންބަރުން އިންތިހާބުކުރި ބައި-އިލެކްޝަންގައި ޕީއެންސީން ހުރިހާ ދާއިރާއަކަށް ވާދަކުރިއިރު، އެމްޑީޕީން ވާދަކުރީ ހަ ދާއިރާއެއްގެ ހަ ގޮނޑިއަށެވެ. އަދި އަމިއްލަ ގޮތުން ކެންޑިޑޭޓުން ކުރިމަތިލީ ހަ ދާއިރާއަކަށެވެ.
އޭގެ އިތުރުން އިންތިހާބަކާ ނުލައި ޕީއެންސީން ވަނީ 24 ގޮނޑި ގެންގޮސްފަ އެވެ. އެ ދާއިރާތަކުގެ އިންތިހާބު ނުބޭއްވީ އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ