ފޯނާ ނުލައި ނުވަތަ ކައިރީގައި ފޯނު ނެތް ނަމަވެސް ފޯނަށް ޖަވާބުދެވޭ އުރީދޫ 'އީ-ސިމް ވެއާރަބަލްސް'ގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ސްޓޭޖުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ އީ-ސިމް ވެއާރަބަލްސް ހިދުމަތް ތައާރަފްކޮށްދެއްވީ:
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް
ސެމްސަންގް ސްރީ ލަންކާގެ ޑެޕިއުޓީ ޖެރެނަލް މެނޭޖަރު ރުޝާރާ ރަތުނަވީރާ
ރާއްޖެއަށް އެ ހިދުމަތް ތައާރަފްކުރީ އުރީދޫ އާއި ސެމްސަންގް ގުޅިގެންނެވެ.
ބުނީ ކީކޭ؟ - އެ ހިދުމަތް ތައާރަފް ކޮށްދެއްވުމަށްފަހު އުރީދޫގެ އެމްޑީ ހާލިދު ވިދާޅުވީ އެ ހިދުމަތުގެ ސަބަބުން ފޯނު ނެތް ހާލަތްތަކުގައި ވެސް ފޯނަކުން ކުރެވޭ ގިނަ ކަންކަން، މިސާލަކަށް ފޯނަށް ޖަވާބު ދިނުމާއި މެސެޖު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށެވެ.
ތަފްސީލު - މި ހިދުމަތާ އެކު ދުވަން ދިއުން، މަސް ބޭނުން ނުވަތަ ޑައިވިން ފަދަ ފޯނު ބޭނުންކުރަން ދަތި ހަރަކާތްތަކުގައި އުޅޭއިރު ވެސް ފޯނުން ކުރެވޭ ގިނަ ކަންކަން ކުރެވޭނެ އެވެ.
އުރީދޫ އީ-ސިމް ވެއާރަބަލްސްގެ ހިދުމަތް އާންމުންނަށް ބޭނުންކުރަން ފެށޭވަރު ވާނީ، އެ ކުންފުނިން ބުނާ ގޮތުގައި އަންނަ މަހު އެވެ.
މި ހިދުމަތުގެ ދަށުން އުރީދޫގެ އީ-ސިމް ބޭނުންކުރެވޭނީ ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާގަ އެވެ.
އުރީދޫ އީ-ސިމް ވެއާރަބަލްސް: ފޯނާ ނުލާ ފޯނަށް ޖަވާބު ދެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ