ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށިން މި ފަހަރުގެ މުބާރާތުގެ ޒޯނުގެ ލީގު ބުރުގެ ފަހު މެޗުން، ލ. ގެ ޗެމްޕިއަން، އިސްދޫއާ 4-4 އިން އެއްވަރުކޮށް ލިބުނު ޕޮއިންޓާ އެކު، ޒޯނުގެ ފައިނަލުގެ އިތުރުން ގަދަ 16 ބުރުން ޖާގަ ޔަގީންކޮށްފި އެެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން، ތިން ފަހަރު ހޯދި ތިމަރަފުށްޓަށް މިރޭގެ މެޗަށް ނުކުތްއިރު ވެސް އިސްދޫ އަތުން ބޭނުންވަނީ މަދުވެގެން ޕޮއިންޓެކެވެ. އެކަމަކު، އެ ޕޮއިންޓް ހޯދަން ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރަން ޖެހުނެވެ.
މި ޒޯނުގެ އެންމެ ފަހުން ވެސް ޗެމްޕިއަންކަން ހޯދި، ލ. ގަމުން ކުޅުނު ފަހު މެޗުން މިރޭ، ތ. ހިރިލަންދޫ އަތުން 3-0 އިން ބަލިވި ނަމަވެސް، އެ ޓީމަށް ޒޯނުގެ ލީގު ބުރުގެ އެއް ވަނަ ލިބުނީ ފުރަތަމަ ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި ތިމަރަފުށްޓާއި ތިން ވަނައިގައި ނިންމި އިސްދޫ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލަށް ދިޔަ، ހިރިލަންދޫން ފުރަތަމަ ފަހަރަށް ޒޯނުގައި ވާދަކޮށް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ.
އިސްދޫން ފުރަތަމަ ތިމަރަފުށި ކައިރިން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ހިފަހައްޓާލެވޭ ގޮތެއްނުވި އެވެ. ތިމަރަފުށިން ވެސް އެއް ފަހަރު ލީޑުނެގި މި މެޗުގައި، ފަހު ވަގުތާ ޖެހެންދެން އިސްދޫން ހިތްވަރުކުރި އެވެ. މި މެޗުގައި، އިސްދޫގެ ހުސެއިން އަފްހާން ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ، އަލީ ހުމޭޒް އާއި އަހުމަދު އަފްސަމް އެވެ.
ތިމަރަފުށްޓަށް ލަނޑުތައް ޖަހައިިދިނީ، އާދަމް ނާސިހް (އާދަންނާ) ދެ ގޯލުގެ އިތުރުުން، މުހައްމަދު ތޯހިރު އާއި އިސްމާއިލް މުނީޒް އެވެ.
ހިރިލަންދޫ އަށް ގަން ކޮޅަށް ގޯލުތައް ޖަހައިދިނީ، އަހުމަދު މުފީދު ދެ ގޯލުގެ އިތުރުން، ގަމުގެ މުހައްމަދު ރަޒާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޖެހިޖެހިގެން ދެ ވަނަ އަހަރަށް މި ޒޯނުގެ ފައިނަލުގައި، ތިމަރަފުށްޓާއި ގަން ވާދަކުރާއިރު، އެ މެޗު އޮތީ އަންގާރަ ދުވަހުގެރޭގަ އެވެ.
މި ފަހަރުގެ މުބާރާތުގެ ގަދަ 16 އިން ޖާގަ ޔަގީންކުރި ޓީމުތަކަށް ބަލާއިރު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ކ. ކާށިދޫ، އއ. މަތިވެރި، ފ. ދަރަނބޫދޫ، ދ. ކުޑަހުވަދޫ، ތ. ތިމަަރަފުށި، ލ. ގަން، ގދ. ވާދޫ، ދަޑިމަގު، ވިލިމާލެ، މައްޗަންގޯޅި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް: އިސްދޫ އަތުން ޕޮއިންޓެއް ހޯދައި ތިމަރަފުށި ގަދަ 16 އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: އިސްދޫ އަތުން ޕޮއިންޓެއް ހޯދައި ތިމަރަފުށި ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ