ސިނަމާލެ ބްރިޖު ހައިވޭ މަތިން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޒުވާނުންތަކެއް ހައްޔަރުކޮށްފިއެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ހައްޔަރުކުރި މީހުން ތިބީ މޫނުމަތީގައި މާސްކު އަޅައި، ތޫނު ހަތިޔާރު ހިފައިގެން ސައިކަލުތަކުގައެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރިފައިވާއިރު، އެ ވީޑިއޯގައި ފެންނަނީ ފުލުހުން މި ޒުވާނުން ހުއްޓުވައި، ހައްޔަރުކުރަމުންދާ މަންޒަރެވެ. މި މީހުން ހައްޔަރުކުރެވުނީ ބްރިޖު ހައިވޭ މަތިން މީހަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދޭން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މާލޭ ސަރަހައްދުގައި މިފަހަކަށް އައިސް ގްރޫޕް މާރާމާރީތައް ވަނީ އިތުރުވެފައެވެ.
ފުލުހުން މި ހާދިސާއާ ގުޅިގެން އަވަސް ފިޔަވަޅު އަޅައި، ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ އިތުބާރު އިތުރުވެގެން ދާނެކަމެކެވެ.
މާރާމާރީ ހިންގަން އުޅުނު ބަޔަކު ބުރިޖު ހައިވޭ މަތިން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ