ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕެއް ތ. ވޭމަންޑޫގައި ބާއްވައިފި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕެއް ތ. ވޭމަންޑޫގައި ބާއްވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ފަރުވާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހެލްތް ކޭމްޕްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކޭމްޕް ތ. ވޭމަންޑޫގައި ބާއްވައިފި އެވެ.
ކޮޅުމަޑުލު ކައުންސިލް އަދި ތ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ އެ ހެލްތު ކޭމްޕް ކުރިއަށް ގެންދިޔައީ އިއްޔެ އާއި މިއަދެވެ.
ހެލްތު ކޭމްޕްގެ ތެރެއިން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން އެކި ބާވަތުގެ ސްކްރީނިން އަދި ހޭލުންތެރި ކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިޔަ އެވެ.
"މިއީ މުޖުތަމައުގައި ސިއްހީ ހޭލުންތެރިކަމާއި ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓް ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް،" ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕެއް ތ. ވޭމަންޑޫގައި ބޭއްވުން -- ފޮޓޯ: ޓްރީ ޓޮޕް
ޓްރީ ޓޮޕުން ވަނީ ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ހެލްތު ކޭމްޕްތައް ބާއްވާފައިވާއިރު، 1،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.
ޓްރީ ޓޮޕްގެ އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ