އިހުތިޖާޖުގައި ޝިއުނާގެ ފިރިމީހާ ބުނީ އަނބިމީހާގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެކަމަށް

ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކު ވިހެއިތާ ގިނައިރުތަކެއްނުވެ ނިޔާވި ފަހުން، އޭނާގެ ދަރިފުޅު ވެސް ނިޔާވި މައްސަލައާ ގުޅިގެން އެ ރަށުގައި އިހުތިޖާޖެއް ކުރަން ފަށައިފިއެވެ. ފަރުވާ ލަސްވެ ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އެރަށު ޒަމާނީވިލާގެ ފާތިމަތު ޝިއުނާއެވެ. ގއ.އަތޮޅު ހޮސްޕިޓަލް ސަރަހައްދުން ފެށި މި އިހުތިޖާޖުގެ ބައިވެރިން އަންނަނީ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން، އިހުމާލުގެ ސަބަބުން ނިޔާވި ދެމައިންނަށް އިންސާފު ހޯދައި، ތަހުގީގު އަވަސްކުރުމަށް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ގޮވައިލަމުންނެވެ. މި އިހުތިޖާޖުގައި ޝިއުނާގެ ފިރިމީހާ ޝިފާޒު ޒާހިރު ވަނީ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އަންހެނުންގެ ހައްގުގައި އެރަށު ހޮސްޕިޓަލަސް ރަނގަޅު ގޮތެއް ވާން އެދޭކަމަށެވެ. އަދި ކުޑަކުދިންގެ ޑޮކްޓަރެއް ވެސް އަތޮޅު ހޮސްޕިޓަލުގައި ހުންނަން ޖެހޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްނުލުމަށް ޝިފާޒު ވަނީ ގޮވައިލާފައެވެ. "މިއީ އާދައިގެ ކަންތަކެއް ނޫނޭ. މަގޭ ހިތުގައި އެޅި ވޭނާއި މަ ރުއިރުއިން އެނގޭނެ އެއްވެސް މީހަކު މިތާކު ނުހުންނާނެ. އެހެންވީމަ މަގޭ އަންހެނުންގެ ހައްގުގައި ވާނެޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން،" އޭނާ ބުންޏެވެ. https://sun.mv/202278 މި އިހުތިޖާޖުގައި އެ ރަށުގެ ސިއްހީ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުން ވަކާލާތު ކުރަމުން އަންނައިރު، އަތޮޅުތެރޭ ރައްޔިތުންނަށް ހައްގުވާ ސިއްހީ މިންވަރަކީ މިއީތޯ ގިނަ ބައިވެރިން އަންނަނީ ސުވާލުކުރަމުންނެވެ. ގއ. ވިލިނގިލި: ދެމައިންގެ މަރާ ގުޅިގެން ވިލިނގިލީގައި އިހުތިޖާޖެއް: ބޭނުންވަނީ އިންސާފު --- ފޮޓޯ/ ހުސައިން ހަސަން ފޭސްބުކް ޝިއުނާގެ މަރުގެ މައްސަލަ ސިއްހީ ވުޒާރާއިންނާއި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުން އަންނައިރު، މި މައްސަލައާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. https://sun.mv/202310 ޝިއުނާ ނިޔާވެފައި މިވަނީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށް ފަހުގައެވެ. އޭނާގެ 13 އަހަރާއި 8 އަހަރުގެ ދެ އަންހެން ކުދިން ތިބެއެވެ. ގއ. ވިލިނގިލި: ދެމައިންގެ މަރާ ގުޅިގެން ވިލިނގިލީގައި އިހުތިޖާޖެއް: ބޭނުންވަނީ އިންސާފު -- ފޮޓޯ/ ހުސައިން ހަސަން ފޭސްބުކް މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގައި އެ ފަދަ ބައެއް ހާދިސާތައް ހިނގައިފައިވާކަމަށް އެ ރަށު ރައްޔިތުން ބުނަމުން އަންނައިރު، މިއަދުގެ އިހުތިޖާކީ ހައްގު މިންވަރު ހޯދުމަށް ކުރާ އިހުތިޖާޖެއްގެ ގޮތުގައި އެ ރަށު ރައްޔިތުން ވަނީ ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ