ދެމައިންގެ މަރުގެ މައްސަލަ: 'ކެތްނުވެގެން' ރައްޔިތުން މަގުމައްޗަށް

ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން މީގެ ކުރިން ވެސް ބޮޑެތި ހާދިސާތައް ހިނގާފައިވާ ކަމަށާއި އެހެންވެ ހިދުމަތްތައް ރަނގަޅު ކުރުމަށް ގޮވާލައި ގއ. ވިލިނގިލީ ގިނަ ބަޔަކު މިއަދު އެ ރަށުގައި އިހްތިޖާޖްކޮށްފި އެވެ.
ވީ ކިހިނެއް؟ - ވިލިނގިލީ ހޮސްޕިޓަލުން ސިޒޭރިއަން ހެދި ޝިއުނާ ތައުފީގް މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ހޭނާރާ އޮވެ މަރުވެފަ އެވެ. އަދި އޭގެ ފަހުން އޭނާގެ ދަރިފުޅު ވެސް މަރުވި އެވެ. އެއާ އެކު އެންމެން ވެސް ތުހުމަތުގެ އިނގިލި ދިއްކުރީ ހޮސްޕިޓަލަށެވެ.
އެކަމާ ދެކޮޅަށް މިއަދު އެ ހޮސްޕިޓަލް ކުރިމަތީގައި، ރަށުގެ ބައެއް މީހުން ކަޅު ހެދުމުގައި ވަނީ އެއްވެ އަޑުއުފުލާފަ އެވެ. އަދި ރަށުގެ ބައެއް މަގުތަކުގައި ހިނގާލި އެވެ. އޭގެ ތެރޭގައި ޝިއުނާގެ ދަރިންނާއި ފިރިމީހާ ވެސް ހިމެނެ އެވެ.
ތަފްސީލް - ޝިއުނާގެ ފިރިމީހާ ޝިފާޒު ޒާހިރު ވަނީ އެ ރޭ ކަންހިނގައި ދިޔަ ގޮތް ހިއްސާކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ބުނީ:
އަންހެނުންނާއި ދަރިފުޅަށް ދިމާވި ފަދަ ހާދިސާއެއް އެހެން މީހަކަަށް ދިމާވާން ބޭނުން ނުވާ ކަމަށް
އޭނާގެ އެދުމަކީ ހޮސްޕިޓަލުގެ ހިދުމަތްތައް ފުރިހަމަވުން ކަމަށް
އެއީ އޭނާގެ އަނބިމީހާ އާއި ދަރިފުޅުގެ ހައްގުގައި އެދޭ ކަމެއް ކަމަށް ބުނި
ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެ މީހުން މަގުމައްޗަށް ނުކުތީ ކެތް ނުކުރެވިގެންނެވެ.
އިހްތިޖާޖްގައި އަޑުއުފުލި މީހަކު ބުނި ގޮތުގައި:
މީގެ ހަތަރު ފަސް މަސް ކުރިން ވެސް ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވި
މީގެ ކުރިން ވެސް ބައެއް މީހުންގެ ފުރާނަ ދިޔަ
ހިދުމަތްތަކުގެ ފެންވަރު އިންތިހާއަށް ދަށް އަދި އެކަށީގެންވާ ފަރުވާއެއް ނުލިބޭ
"އަޅުގަނޑުމެން ބޭނުމެއް ނުވޭ އެތައް ފަހަރަކު ޓެސްޓު ހަދާ ފާސްނުވެގެން، އެންމެ ފަހުން ހަދާ ރީޓެސްޓުން ފާސްވެގެން ފޮނުވާ ޑޮކްޓަރެއް. ވަޒީފާ ނެތިގެން ސަލާން ޖަހަނިކޮށް ލިބުނު ވަޒީފާގައި ފޮނުވާ ޑޮކްޓަރެއް،" އިހްތިޖާޖްގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އަޅުގަނޑުމެންނަށް ރަނގަޅު އާލާތްތައް ލިބެން ޖެހޭ. އެއީ އަޅުގަނޑުމެންނަށް ހައްގު މިންވަރު."
އެނގުން މުހިއްމު - ދެމައިންގެ މަރުގެ މައްސަލަ ސަރުކާރުގެ އިދާރާތަކުން މިހާރު ވަނީ ބަލަން ފަށާފަ އެވެ. އެގޮތުން:
އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައި
ހެލްތު މިނިސްޓްރީން ވެސް ދަނީ ސިއްހީ އިހުމާލުގެ އެ މައްސަލަ ބަލަމުން
ޝިއުނާއަށް ފަރުވާ ދިން ޑޮކްޓަރު ވެސް މިހާރު ވަނީ މާލެ ފޮނުވާލައިފަ އެވެ.
ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ޝަމީމް އިއްޔެ 'ދައުރު'އަށް ވިދާޅުވީ އިއްޔެ ހެނދުނު ޑޮކްޓަރު މާލެ ފުރުވާލާފައިވާ ކަމަށެވެ. އެގޮތުން:
އެއީ ނޭޕާލް ފިރިހެން ޑޮކްޓަރެއް
އޭނާ މާލެ ފޮނުވީ ހެލްތު މިނިސްޓްރީން އަންގައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ