މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިޔުޓީ ފްރީ ފިހާރަތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތު ވަގުތުގައި އަމިއްލަ ފޯނު ގެންގުޅުން މަނާކޮށް ނޯޓިސްއެއް ނެރުމަށް ފަހު، ޑިލީޓުކޮށްލައިފި އެވެ.
ވީ ކިހިނެއް؟- މުވައްޒަފުންނަށް މިއަދު ފޮނުވި ނޯޓިސްގައި ބުނެފައިވަނީ، ސޭލްސް މުވައްޒަފުންނަށް ޑިއުޓީ ވަގުތު ފޯނު ބޭނުންކުރުން މަނާވާނެ ކަމަށެވެ. އަދި ޑިއުޓީ ވަގުތު ފޯނުތައް ހުންނަން ޖެހޭނީ ލޮކަރުގައި ކަމަށާއި މަސައްކަތުގައި އުޅޭއިރު ލިބޭ ހުސް ވަގުތުގައި ނޫނީ ޑިއުޓީގައި އުޅޭއިރު ފޯނު ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.
އެގޮތަށް ނިންމީ، ނޯޓިސްގައި ބުނެފައިވާ ގޮތުން
މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް
ކަސްޓަމާ ސާވިސް ސްޓޭންޑާޑު ހަރުދަނާކުރުމަށް
މުވައްޒަފުންގެ އާއިލާއިން ޑިއުޓީ ގަޑީގައި އިމަޖެންސީ ކަމެއްގައި ގުޅަން ޖެހިއްޖެ ނަމަ ޑިއުޓީ ފޯނަށް ގުޅޭނެ ކަމަށް
ތަފްސީލް - އެ އެންގުމާ އެކު މުވައްޒަފުން ނުރުހުން ފާޅުކުރަމުން ދަނިކޮށް މިހާރު ވަނީ ނޯޓިސް ޑިލީޓުކޮށްލައިފަ އެވެ. ނޯޓިސް ޑިލީޓުކޮށް ފޮނުވި މެސެޖުގައި ވަނީ މުވައްޒަފުންގެ މަސައްކަތު ވަގުތުގައި ފޯނު ބޭނުންކުރުން މަނާކަމުގެ ރަސްމީ އުސޫލެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް އެފަދަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އަދި އެ އުސޫލު އެކުލަވާލުމަށް ފަހު މުވައްޒަފުންނާ ހިއްސާކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްއޭސީއެލް އިން ޑިޔުޓީ ފްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަންގާފައިވަނީ މަސައްކަތުގެ ވަގުތު އަމިއްލަ ފޯނުގައި ހޭދަކުރާ ވަގުތު މަދުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށެވެ.
ޑިޔުޓީ ފްރީ މުވައްޒަފުން މަސައްކަތު ވަގުތު ފޯނު ގެންގުޅުން މަނާކުރުމަށް ފަހު އެންގުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ