ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މަގާމު މިހާރު ހޯދައިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ފާއިތުވި ހަ މަސް ތެރޭ 303 މެންބަރުން މަދުވެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް 224 މެންބަރުން އިތުރުވެއްޖެއެވެ.
ޕީއެންއެފް އަކީ ޕީއެންސީގައި މީގެ ކުރިން އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ހާމަކުރަންޖެހޭއިރު އިއްޔެ އީސީން ވަނީ ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދުތައް ހާމަކުރައްވާފައެވެ.
2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައިއިރު 3،000 އެއްހައި މެންބަރުން ތިބި ޕީއެންސީގައި މިދިޔަ އަހަރުގެ ނިޔަލަށް 68،968 މެންބަރުން ތިއްބެވެ. ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް އެ އަދަދު ވަނީ 68,665 އަށް ދަށްވެފައެވެ.
އީސީން އާންމުކުރި އަދަދުތައް ދައްކާގޮތުން:
އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އަދިވެސް ޕީއެންސީ އޮތްއިރު، މީގެ ކުރިން އެ މަގާމުގައި އޮތް އެމްޑީޕީގެ މެންބަރުންގެ އަަދަދަކީ 43,765އެވެ. އެއީ 24،900ގެ ފަރަގެކެވެ. 3 ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތީ ޖުމުހޫރީ ޕާޓީއެވެ. އަދި
މިދިޔަ އަހަރުގެ އޭޕްރިލް 25ގައި ރަޖިސްޓްރީކުރި ޕީއެންއެފަށް މެންބަރުން ހަމަކުރަން ޔާމީން ފުރަތަމަ ކުރިއަށްގެންދެވި ހަރަކާތްތަކަށްފަހު، މެންބަރުން އިތުރުކުރަން މާ ގިނަ އިތުރު ހަރަކާތްތަކެއް އެ ޕާޓީން ނުހިންގައެވެ. ނަމަވެސް ފާއިތުވި ހަ މަސް ތެރޭގައި އެ ޕާޓީއަށް 224 މީހުން ސޮއިކޮށް، މެންބަރުންގެ އަދަދު ވަނީ 3,046އަށް އަރައިފައެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އައްޑޫގައި ކަފިހި ހުރަހުން ދިޔަ 74 އަހަރުގެ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައިފި ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބުރައީސް މާލޭގެ މަގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ