މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީ މީހަކު ފުލުހުން މިއަދު ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނު ކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ފުލުހުން ގޮސް ބެލިއިރު އެ ގެ ހުރީ ތަޅުލާފައި ކަމަށް ފުލުހުން ބުންޏެވެ.
"އެ ތަނުގެ ތަޅު ހަލާކު ކޮށްލައިގެން ވަދެ އެ މީހާ އެތަނުން ނެރެފައިވޭ. އެއީ ބަންގްލަދޭޝް ފިރިހެނެއް،" ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އެ މީހާގެ ސިއްހީ ހާލަތު ދެނެގަތުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ރަހީނު ކޮށްފައި ހުރީ މާލޭގެ ކޮން ގެއެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އަދަދު އަށް އެނގިފައިވާގޮތުގައި އެ ބިދޭސީ މީހާ ރަހީނުކޮށްފައި ހުރީ މައްޗަންގޮޅި ސަހަރާ ކައިރީގައި ހުންނަ ގެއެއްގެ ތެރޭގަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ