ޖަލު ނޫން އަދަބުތައް ތަންފީޒުކުރަން އައްޑޫ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއް ައައްޑޫ ފްލޯޓިންގ ވޯޓަރ ތީމް ޕާކުގެ އީއައިއޭ ހެދުމުގެ މަސައްކަތް ސީ.ޑީ.އީ އަށް ފުވައްމުލައް ސިޓީގައި ބޭއްވި ބެޑްމިންޓަން އަމްޕަޔަރ ޓްރޭނިންގ ކޯސް ނިންމާލައިފި ދިވެހިން އާންމުކޮ

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ދެއަވަށެއްގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނެޝެނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، އައިޑީ ކާޑުގެ ޕްރިންޓުކުރުމުގެ ޚިދުމަތް ފަށާފައިވަނީ ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫގައި ކަމަށެވެ.
އެ އިދާރާއިން ވިދާޅުވީ މި ޚިދުމަތާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. ހަމަމިއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރެއްވިއެވެ.
ޑީއެންއާރުން ވިދާޅުވީ މިހާރު 23 އަށްވުރެ ގިނަ ރަށުގައި މި ޚިދުމަތް ދެމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައި ވެސް މި ޚިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މެލޭޝިއާގައި ވަނީ އައިޑީ ކާޑު ހަދައި ދޭން ފަށައިފައެވެ. މީގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ އަދި އިނގިރޭސިވިލާތުގައި ވެސް ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ