ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، އެ ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން މިއަދު ބުނެފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކިކޮށް ހުސްވާ މަގާމުތަކަށް އައްޔަން ކުރަން ނިންމާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރަމުން ގެންދާ ދެ ބޭފުޅެއް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މިހާރު ރާވާފައިވާއިރު، ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މިހާރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ،" އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ ފަނޑިޔާރުން ވަކި ކުރުމުގެ އިތުރުން އެހެން ގޮތްގޮތަށް ވެސް އެންމެ މަތީ ކޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތް ގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން،" އެމްޑީޕީން ބުންޏެވެ.
ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަނީ ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެ ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުމަށް ކަމަށް އެމްޑީޕީން ދެކެ އެވެ.
އެމްޑީޕީން ބުނީ އިތުރަށް ބުނީ، ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
އެގޮތުން، ޖުޑީޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން ގެންދާ މި ދަނޑިވަޅުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އަދުލުވެރި އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑީޝަރީއެއް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅަކަށް ވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ކުށްވެރިކޮށް، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލި އެވެ. ރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެ ޕާޓީ ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ