އުތުރުގެ އަތޮޅުތަކަށާއި މެދު ރާއްޖެއަށް މޫސުން އިތުރަށް ގޯސްވުމުގެ ސަބަބުން ޔެލޯ އެލާޓު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އދާރާ (މެޓްއޮފީސް) އިން މި އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުގެ ރަށްތަކަށް އާންމު ގޮތެއްގައި ގަޑިއަކު 25 މޭލާއި30 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެއެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައާއި ކަނޑުތައް ގަދަވެފައި ވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. އެ ކޮޅިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ އައްސޭރި ފަށަށް އަރާފަ އެވެ.
މެޓް އޮފީހުން މީގެ ދެ ދުވަސްކުރިން ވަނީ، ބެންގޯލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން މިއަދާއި ހަމައަށް ރާއްޖެ ސަރަހައްދުގައި ވައި ގަދަވުމާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާ ކޮށްފައެވެ.
އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ