ވޭތުވެދިޔަ އަހަރުތަކުގައި ޤައުމަށާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އަށް ކޮންސްޓްރަކްޝަންގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް މަސީއިން ދޭ ޝަރަފުގެ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީނު އަބްދުލް ޤައްޔޫމަށް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމަށް ލިބިވަޑައިގެންފިއެވެ.
މަސީގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފާއިިތުވި 12 އަހަރު އެކުންފުންޏަށް އެކި ގޮތް ގޮތުން ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކުރުމަށް މިރޭ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އައްޑަން ރައީސް ޔާމީނަށް ލިބިވަޑައިގަތީ މިއަދުގެ ސަރުކާރުން ފާއިތުވި އަަހަރެއްހާ ދުވަހު ކޮންސްޓްރަކްޝަން ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް ތަރުހީބު ދިނުމަށާއި އެމަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް މަސީ އިން ބުނެފައި ވެއެވެ.
އަދި ރައީސް މައުމޫނަށް އައްޑަނަ ލިބިވަޑައިގަތީ އެމަނިކުފާނު ކޮންސްޓްރަކްޝަން ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކާއި، އިންފްރާސްޓްރަކްޗަރ ކުރިއެރުވުމަށް ހިނގި ޕްރޮގްރަމްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް މަސީ އިން ބުނެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި އުޅުއްވާތީ ރައީސް ޔާމީން އަށާއި ރައީސް މައުމޫން ވެސް މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި އެންމެ ފުރަތަމަ ކޮންސްޓްރަކްޝަން ޕްރޮޖެކްޓެއް ހިންގުމުގެ ޝަރަފު ހޯއްދަވާފައި ވާތީ އަމީން ކޮންސްޓްރަކްޝަނަގެ އެމްޑީ، އަބްދުﷲ މުހައްމަދަށްވެސް ވަނީ ޝަރަފުގެ އައްޑަނަ އަރުވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ މިހާރުގެ އަދި ކުރީގެ އެކި އެކި މިނިސްޓަރުންނަށްވެސް ހަނދާނީ ލިޔުމާއި ޕްލާކް އަރުވާފައެވެ. އެގޮތުން ކުރީގެ ދެ ވަޒީރަކަށް ވަނީ ޕްލާކް އަރުވާފައެވެ. ޕްލާކް ލިބިލެއްވި މިހާރުގެ ފަސް ވަޒީރުންނަކީ، ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި، ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި، ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދުގެ އިތުރުން ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އެވެ.
މަސީއަށް ފާއިތުވި 12 އަަހަރު ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށްވެސް ވަނީ ހަނދާނީ ލިޔުމާއި ޕްލާކް ހަވާލުކޮށްފައެވެ. އަދި މަސީގެ އެސޯސިއޭޓް މެމްބަރުކަން ނަގާފައިވާ ކުންފުނިތަކަށް މެމްބަރޝިޕް ސެޓްފިކެޓް ދިނުންވެސް މިރޭގެރަސްމިއްޔާތުގައި ކުރިއަށް ދިޔައެވެ.
ކޮންސްޓްރަކްޝަން ދާއިރާގެ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް މައުމޫނަށް އަދި ރައީސް ޔާމީނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ