ފެންވަރު ސާބިތުކޮށްދޭން އުރުގުއޭގެ ކޯޗުކަން ފޯލާން އަށް

މޮންޓެވީޑޯ، އުރުގުއޭ (ޖުލައި 14) - އުރުގުއޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމު، އެ ޓީމަށް ކުރިން މޮޅު ކުޅުމެއް ދައްކާފައިވާ ހުނަރުވެރި ފޯވާޑް، ޑިއޭގޯ ފޯލާންއާ ހަވާލުކުރަން، އުރުގުއޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެެވެ. 
ދެ ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި 48 ގައުމުގެ ތެރެއިން، ގްރޫޕް ސްޓޭޖަށް ފަހު ކެޓި 16 ގައުމަށް ބަލާއިރު، ފީފާ ރޭންކިންގެ އެންމެ މަތީގައި އޮތް ގައުމެވެ. އުުރުގުއޭ، މި ފަހަރުގެ ވޯލްޑް ކަޕުން ކެޓީ މޮޅެއް ނުލިބި އެވެ.  
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
MGH Group of Companies
އުރުގުއޭ އިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ 1-1 އިން އެއްވަރުވިއިރު، ދެ ވަަނަ މެޗުގައި ކޭޕް ވާޑާ ކުޅެގެން ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި އެ ޓީމު ވަނީ ސްޕެއިން އަތުން 1-0 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. މިއީ، އުރުގުއޭ ފުޓްބޯޅަ އަށް ބޮޑު ވެއްޓުމެކެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު އުރުގުއޭ މި ވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕްެގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. 
މި ދަށް ރެކޯޑާ އެކު، އުރުގުއޭގެ ކޯޗަކަށް ހުރި މާސެލޯ ބިއެލްސާ އެ ޓީމު ދޫކޮށްލިއިރު، އުރުުގުއޭ އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތުގައި މި ވަގުތު ނިންމީ، އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ފޯލާންއާ އެ ޓީމު ހަވާލުކުރާ ގޮތަށެވެ. އެއީ، އުރުގުއޭގެ 20 އަހަރުން ދަށުގެ ޓީމު ވެސް ފޯލާން އަށް ދޭ ގޮތަށެވެ. 
މި މުއްދަތުގެ ތެރޭގައި، ފޯލާން އަށް އޮތީ އޭނާ އަށް އެ ގައުމުގެ ފުޓްބޯޅަ ލީޑުކުރެވޭނެކަން ސާބިތުކޮށްދިނުމެވެ. ނަތީޖާތައް ރަނގަޅުނަަމަ، ދިގު ކޮންޓްރެކްޓެއް ދީފައި ފޯލާން ބަހައްޓަން، އުރުގުއޭގެ މަައި ފުޓްބޯޅަ އިދާރާއިން އޮތީ ތައްޔާރަށެވެ. 
އުރުގުއޭ ފުޓްބޯޅަ ފެޑެރޭޝަންގެ ވިސްނުމަކީ ފޯލާން އަށް 10 މެޗު ދިނުމެވެ. 
ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ފޯލާން އަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ހަތަރު ވަނަ އުރުގުއޭ އިން ހޯދިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ. އެ ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި ވެސް ފޯލާން ހިމެނެ އެވެ. 
ފޯލާން، ފުޓްބޯޅަ ކެރިއަރު ނިންމާލައި 2019 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށިއިރު، އެންމެ ފުރަތަަމަ ހަވާލުވީ ޕެނަރޯލްއާ އެވެ. އެ ޓީމަށް ކޯޗުކޮށްދެވުނީ އެންމެ 11 މެޗެވެ. އޭގެ ފަހުން، އުރުގުއޭގެ ދެ ވަނަ ޑިވިޝަނުގައި އޮތް އަޓޭނާސްއާ ހަވާލުވެ، 12 މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ