ހޮރްމޫޒް ކަނޑުއޮޅިން ފީ ނަގާނެ ކަމަށް ބުނެ ޓްރަމްޕް ކުރި ޓްވީޓަށް އީރާނުން ރައްދުދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން މުދަލުގެ 20 އިންސައްތަ ފީއެއްގެ ގޮތުގައި ނަގަން ނިންމާފައިވާ ކަމަށް ބުނުމާއެކު، އީރާނުން އެ ސަރަހައްދަށް އަތްގަދަކުރަން އެމެރިކާއަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ބުނެ ވަގުތުން ރައްދުދީފިއެވެ.
އީރާނުގެ ހާތަމުލް އަންބިޔާ އަސްކަރީ ކޮމާންޑުން މިކަމަށް އިންޒާރު ދެމުން ބުނީ އެ ސަރަހައްދުގެ ކޮންޓްރޯލް އެމެރިކާއަށް ނުހޯދޭނެ ކަމަށެވެ. އަދި އީރާނުގެ އިންގިލާބީ ލަޝްކަރުން މިހާރު ވަނީ އެ ކަނޑުއޮޅިއަކީ ބަންދު ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުން ބުނެފައިވަނީ އެމީހުން ހަމަލާދެނީ ހަމައެކަނި އެމެރިކާގެ މަސްލަހަތުތަކަށް ކަމަށެވެ. ނަމަވެސް ގަލްފުގެ އެއްވެސް ގައުމަކުން އެމެރިކާއަށް އެއްބާރުލުން ދީފިނަމަ، އެއީ އީރާނާ ދެކޮޅަށް އިއުލާންކުރާ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ބަލާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރީ ތަރުޖަމާނު ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ