ޑަލަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 14) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމުގެ ފެންވަރު ސްޕެއިން ޓީމުގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ ކެޕްޓަން، ރޮޑްެރީގޯ (ރޮޑްރީ) ބުނެފި އެވެ.
އޭނާ ބުނީ، އެންމެ ފަހުން ފްރާންސާ ދެކޮޅަށް ސްޕެއިނުން ކުޅުނު މެޗުތަކުގައި އެ ޓީމަށް ނަތީޖާ ނެރެވިފައިވުމަކީ، ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭ މެޗަށް ނުކުންނައިރު އިތުބާރު ލިބޭނެ ކަމެއް ކަމަށެވެ. ފްރާންސަކީ އޮތް ފޯމަށް ބަލާއިރު މި ފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓް ކަމަށާއި ހަމަ އެ ގޮތަށް މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ސްޕެއިންގެ ނަން ވެސް މީހުން ހިމަނަމުން އަންނަ ކަމަށެވެ.
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MU STORE
MGH Group of Companies
"ފްރާންސް އަކީ މި ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް އެއް ޓީމު. ހަމަ އެ ގޮތަށް ސްޕެއިން ވެސް. އަހަރެމެންނަށް (ސްޕެއިނަށް) އެ މީހުން (ފްރާންސް) ބަލިކުރެވޭނެ. އަހަރެމެންނަށް އެކަން ފެނިގެން ގޮސްފި، އެންމެ ފަހުން ބޭއްވި ޔޫރޯ އާއި ނޭޝަންސް ލީގުގައި،" ރޮޑްރީ ބުންޏެވެ.
ރޮޑްރީ ވަނީ މީގެ ކުރިން، ފްރާންސާ ދެކޮޅަށް ސްޕެއިންގެ އުމުރުފުރާ ޓީމުތަކަަށް ކުޅެމުން ވެސް ކާމިޔާބު ހޯދައިފަ އެވެ. އެ ގޮތުން، ރޮޑްރީ އަކީ، 2015 ވަނަ އަހަރު ބޭއްވި ޔޫރޯ 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި، ފްރާންސް ބަލިކުރި ސްޕެއިން ޓީމުގެ ކެޕްޓަން އެވެ. އަދި، ރޮޑްރީ ވަނީ، އެންމެ ފަހުން އޮތް ޔުއެފާ ނޭޝަންސް ލީގުގެ ސެމީ އާއި ޔޫރޯގެ ސެމީގައި ފްރާންސް އަތުން ސްޕެއިން މޮޅުވި މެޗުގައި ވެސް ކުޅެފަ އެވެ.
މި ހުރިހާ ފަހަރެއްގައި ސްޕެއިންގެ ކޯޗަކަށް ހުރީ، މިހާރު ވެސް އެ މަގާމުގައި ހުރި ލުއިސް ޑެ ލަ ފުއެންޓޭ އެވެ.
"ޑެ ލަ ފުއެންޓޭ، ނެތް އެއްވެސް ވަރަކަށް ބަދަލުވެފައެއް. އޭނަ ބިނާކުރި ޓީމުގެ ކަންކަން އަދިވެސް ބަރާބަރަށް ކުރަމުން އެ އަންނަނީ. ވޯލްޑް ކަޕް މެޗުތަކުގައި ވަރަށް ބޮޑަށް ވިސްނުން ބަހައްޓައިގެން ކަންކަން އެ ކުރަނީ. އެެހެންވީމަ، މިއީ، ފަސޭހަ މެޗަކަށްވާނެ ކަމަށް ނުބެލެވޭ،" ރޮޑްރީ ބުންޏެވެ.
ސްޕެއިނާއި ފްރާންސް ކުޅޭ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 00:00 ގަ އެވެ. ފްރާންސް އިން މަސައްކަތް ކުރަމުން އަންނަނީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރުމަށެވެ. އަނެއްކޮޅުން، ސްޕެއިނުން ބަލާނީ، 16 އަހަރަށް ފަހު، ވޯލްޑް ކަޕް ފައިނަލުގައި ކުޅުމުގެ ފުރުސަތު ހޯދުމަށެވެ.
ފްރާންސް އަތުން މޮޅުވެވޭނެ ފެންވަރު ސްޕެއިންގެ އެބަހުރި: ރޮޑްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ