އާޖެންޓީނާގެ ވޯލްޑް ކަޕްގެ މެޗުތަކަށް އިންގްލެންޑް ރެފްރީއެއް އެރުވޭނެ ގޮތެއް ނެތް

ނިޔޯން، ސްވިޒަލެންޑް (ޖުލައި 14) - ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕަކީ ތަފާތު އެކި ނަޒަރިއްޔާތަކުގެ ތެރެއިން، ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާ މުބާރާތެކެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބަޔެއްގެ ފާޑުކިޔުންތަކާއި ޝުއޫރުތައް އެންމެ ބޮޑަށް އަމާޒުވަނީ، މެޗުތަކުގެ ރެފްރީންތަކުގެ ނިންމުންތަކުގެ މައްޗަށެވެ. 
ފީފާ އިން ވަނީ ވޯލްޑް ކަޕަށް ރެފްރީން ހޮވުމުގައި، ސިޔާސަތުތަކަކާއި އުސޫލުތަކެއް ހަދައިފަ އެވެ. އަދި، ވަކި މެޗުތަކެއްގައި އިންސާފުކުރުމުގެ ފުރުސަތު ލިބޭނީ ވަކި ލެވަލެއްގެ ރެފްރީންނަށް ކަމަށްވާއިރު، ބައެއް ގައުމުތައް ކުޅޭ މެޗުތަކަށް އަނެއް ބައި ގައުމުތަކުގެ ރެފްރީން ނޭރުވޭނެ ހާލަތްތަކެއް ވެސް ހިމެނެ އެވެ. އެ ގޮތުން، ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާ ފީފާގެ އެއް ސިޔާސަތަކީ، އާޖެންޓީނާ ކުޅޭ މެޗުތަކަށް އިނގިރޭސި ރެފްރީން ނޭރުވޭ ގޮތަށް ފީފާ އިން ކަނޑައަޅާފައިވާ އުސޫލެވެ. 
މިހާރު އޮތްގޮތުން، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އިނގިރޭސި އެއްވެސް ރެފްރީ އަކަށް އިންސާފުކުރަން އެރޭނެ ގޮތެއް ނެތެވެ. ސަބަބަކީ، ސެމީ ފައިނަލުގައި އިންގްލެންޑް ނޫނީ އާޖެންޓީނާ، ކޮންމެ ޓީމެއް ކުޅުނު ކަމުގައި ވިޔަސް، ތަފާތު އެކި ކަންކަމާހުރެ އިނގިރޭސި ރެފްރީ އަކަށް މި މެޗުގައި އެރެން ނެތީ އެވެ.  
އެ ގޮތުން، ވޯލްޑް ކަޕްގައި ރެފްރީކަން ކުރަންދޭ އެއް އުސޫލަކީ، މިސާލަކަށް އިންގްލެންޑް ކުޅޭނަމަ އިނގިރޭސި އެއް ރެފްރީ އަކަށް ވެސް މެޗަށް ނޭރޭނެ އެވެ. އެކަމަކު، އާޖެންޓީނާ ކުޅޭއިރު، އިނގިރޭސި ރެފްރީ އަކަށް ނޭޭރޭ ގޮތަށް ކަނޑައަޅާފައި މިި ވަނީ ތަފާތު ސަބަބަކާ ހުރެ އެވެ. އެއީ، ސިޔާސީ ކަމަކާ ވެސް ގުޅޭ ސަބަބެކެވެ. އެ ގޮތުން، 1982 ވަނަ އަހަރު ފާކްލޭންޑް ހަނގުރާމަ، އާޖެންޓީނާ އާއި އިންގްލެންޑްގެ މެދުގައި ކުރިއަށްދިޔައިރު، އެކަން 74 ދުަވަހަށް ދިގުލައިދިޔަ އެވެ. އިނގިރޭސިންނަށް ފާކްލޭންޑްގެ ކޮންޓްރޯލް ދޭން އާޖެންޓީނާ އިން އެއްބަސްވިއިރު، އާޖެންޓީނާގެ 649 މިލިޓަރީ މީހުންނާއި އިންގްލެންޑްގެ 255 މިލިޓަރީ މީހުންގެ އިތުރުން، ފާކްލޭންޑަށް ނިސްބަތްވާ ތިން މީހަކު މަރުވި ކަމަށް ވަނީ ރިކޯޑް ކުރެވިފަ އެވެ. 
މި ހަނގުރާމައިގެ ކަންކަން ދިޔަ ގޮތަށް ފަހު، ބައިނަލްއަގުވާމީ އެކިކަންކަމުގެ ތެރެއިން ވަނީ ތަފާތު ގޮތްތަކަކަށް އެއްބަސްވެވިފަ އެވެ. އެ ގޮތުން، ދުނިޔޭގެ މައި ފުޓްބޯޅަ އިދާެރާ އާއި އާޖެންޓީނާގެ ސަރުކާރުން އޭރުން ފެށިގެން އަންގާފައިވަނީ، އެ ގައުމުގެ މެޗުތަކަށް އިނގިރޭސި ރެފްރީން ބޭނުންނުކުރުމަށެވެ. 
ގަތަރުަގައި، 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ރެފްރީކަން ކުރުމުގެ ފުރުސަތު ދޭން އިނގިރޭސި ރެފްރީ، އެންތަނީ ޓޭލާގެ ނަން ނޮމިނޭޓްކުރި އެވެ. އެކަމަކު، އާޖެންޓީނާ ފައިނަލަށް ދިއުމާ އެކު، ޓޭލާ އަށް އެ ފުރުސަތު ގެއްލުނީ އެވެ. 
ވޯލްޑް ކަޕްގެ މެޗުތަަަކަށް ރެފްރީން ކަނޑައެޅުމުގެ ޒިންމާ އޮތީ ރެފްރީސް ކޮމިޝަން/ކޮމިޓީ އަށެވެ. އެ ކޮމިޓީގެ ޗެއާމަނަކީ، އިޓަލީގެ ލެޖެންޑަރީ، ރެފްރީ ޕިއެރްލުއީޖީ ކޮލީނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ