ޔޫކޭގެ ކުރީގެ މިނިސްޓަރުގެ މަރުގެ މައްސަލާގައި ޓެރަރިޒަމްގެ ތުހުމަތު

އިނގިރޭސި ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބްގެ މަރުގެ މައްސަލައިގައި "އާ މައުލޫމާތާއި ހެކި" ލިބުމާ ގުޅިގެން، އެ މައްސަލައިގެ ތަހުގީގު މިހާރު ކައުންޓާ ޓެރަރިޒަމް ފުލުހުން ކުރިއަށްގެންދަން ފަށާފައިވާ ކަމަށް އޮފިސަރުން ބުނެފި އެވެ.
އުމުރުން 28 އަހަރުގެ އިނގިރޭސި ފިރިހެނަކު، މިދިޔަ ހޮނިހިރު ދުވަހު ފުރަތަމަ ހައްޔަރުކުރީ މީހަކު މެރުމުގެ ތުހުމަތުގަ އެވެ. ނަމަވެސް، މިހާރު އޭނާ އަލުން ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި، އެފަދަ ކަމަކަށް ތައްޔާރުވުން ނުވަތަ ހިތްވަރު ދިނުމުގެ ތުހުމަތުގަ އެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޕޮލިސިންގްގެ އިސްވެރިޔާ ލޯރެންސް ޓޭލާ ވިދާޅުވީ، މި ހަމަލާ ދިނުމުގެ ފަހަތުގައިވާ މަގުސަދު ދެނެގަތުމަށްޓަކައި ތަފާތު އެކި ދާއިރާތަކުން ތަހުގީގު ކުރިއަށްގެންދާ ކަމަށެވެ.
ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ މިނިސްޓަރެއްގެ އިތުރުން ރިފޯމް ޕާޓީގެ ތަރުޖަމާނުކަން ވެސް ކުރެއްވި އުމުރުން 78 އަހަރުގެ ވިޑެކޯމްބް، ސީރިއަސް ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު، އަމިއްލަ ގޭގެ ތެރެއިންނެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ، ކާރަކަށް އަރާ މަންޒަރު ފެންނަ ސީ.ސީ.ޓީ.ވީ ފޫޓޭޖެއް ވަނީ އާއްމުވެފަ އެވެ. މީގެ ކުރިން ފުލުހުން ބުނެފައިވަނީ، މި މަރަކީ ސިޔާސީ މަގުސަދެއްގައި ހިންގާފައިވާ އަމަލެއްކަން ދޭހަވާ އެއްވެސް ހެއްކެއް މިހާތަނަށް ފެންނަން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ