އަފްރާޝީމް ލިޔުއްވާފައިވާ ފޮތެއް މައުމޫން ފައުންޑޭޝަނުން ނެރެނީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ، ލިޔުއްވާފައިވާ ފޮތެއް މައުމޫން ފައުންޑޭޝަނުން ނެރެން ނިންމައިފިއެވެ.
މައުމޫން ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަލްމަރްޙޫމް ޑރ.އަފްރާޝީމް ޢަލީ ލިއުއްވާފައިވާ ފޮތެއްކަމަށްވާ " "އަންހެނަކު އިސްލާމީ ޤައުމެއްގެ އެންމެ މަތީ މަޤާމު އަދާކުރުމަކީ ޝަރްޢީ ގޮތުން ހުއްދަ ކަމެއްތޯ؟" މައުމޫން ފައުންޑޭޝަންގެ ފަރާތުން ޗާޕްކޮށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުގެރޭ 9 ޖަހާއިރު، ޝީ ބިލްޑިންގެ އާސާރީ މާލަމުގައި ބާއްވާ ހަފްލާއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ