ބައްސާމްގެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުން ހައި ކޯޓުން މަނާކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ބައްލަވައިގަތް އަމިން އެޕާޓްމެންޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގަން ހައި ކޯޓުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އަމުރެއް ނެރެފި އެވެ. 
ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި އަންގާފައިވަނީ އެޕާޓްމެންޓްގެ މިލްކުވެރިކަން ބަދަލުވެދާނެ ފަދަ އެއްވެސް ކަމެއް ހިމެނޭ ގޮތަށް އެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށެވެ. 
އެ އަމުރު ހައި ކޯޓުން ނެރެފައިވަނީ މަނީ ލޯންޑާކުރަން ބައްސާމަށް މަގުފަހިކޮށްދިން ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ. 
The most trusted news source in the Maldives
ދައުލަތުން އަމިންއަށް ކުރި ދައުވާގައި ބުނާ ގޮތުން،  އެ ފައިސާ އެފްއޭއެމްއާ ހަވާލުކުރިކަން އަންގައިދޭން އަމިން އިން ކޭޝް ވައުޗާތަކެއް ތައްޔާރުކުރި ކަމަށް ބުނެ އެވެ. ނަމަވެސް، އެ ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ޖަމާވެފައެއް ނުވެ އެވެ. 
އެފްއޭއެމްގެ ޑޮލަރު އަމިން ކުންފުންޏަށް ޖަމާވި ކަމަށް އެ ކުންފުނިން އިންކާރު ނުކުރާއިރު، އަމިންއިން އިންކާރު ކުރަނީ އެއަށްވާ ފައިސާ އެފްއޭއެމްއާ ހަވާލު ނުކުރާ ކަމަށް ބުނާ ބުނުމާއި އެ ފައިސާއިން ބައްސާމްގެ އެޕާޓްމެންޓަށް ފައިސާ ދައްކާފައިވާ ކަމަށް ބުނާ ބުނުމަށެވެ. 
ހަސަން ވަހީދު ހަވާލުވި ފައިސާ ބައްސާމްގެ އެޕާޓްމެންޓް ގަންނަން ބޭނުންކުރި ކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. އަދި އެކަމަށް ދައްކާ ހަމައެކަނި ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް ފައިސާގެ އަދަދަކީ، ހަސަން ވަހީދާ ހަވާލުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދަކަށް ވުމެވެ. ނަމަވެސް، އެ ފައިސާ އެޕާޓްމެންޓް ގަންނަން އަމިން އަށް ޖަމާކުރި ކަމުގެ އެއްވެސް ލިޔުމެއް ނެތެވެ. 
The most trusted news source in the Maldives
އެހެންވެ، އެފްއޭއެމްގެ ޑޮލަރު މާރުކުރި ފައިސާއިން އަމިން އެވެނިއު އެޕާޓްމެންޓް ގަންގަން ފައިސާ ދެއްކިކަން ސާބިތު ނުވާތީ އަމިން ކުންފުނީގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅި އެވެ. 
އަމިންގެ މައްޗަށް ދައުވާ ސާބިތުނުވި ނަމަވެސް، އެ މައްސަލާގައި ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. އެ މައްސަލައިގައި ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައި 44 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި 1.2 މިލިއަން ޑޮލަރު އެފްއޭއެމްއަށް ދޭންޖެހޭ ކަމަށް ކަނޑައަޅައި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް ބައްސާމަށް އެންގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ