އެޓްލަންޓާ. ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 16) - ފަހަތުން އަރައި 2-1 އިން އިންގްލެންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން ޖެހިޖެހިގެން ދެ ވަަނަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
އާދިއްތަ ދުވަހުގެރޭ ފައިނަލުގައި އާޖެންޓީނާ އިން ކުޅޭނީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ.
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
MU STORE
Zetta Enterprises Pvt Ltd
އާޖެންޓީނާ އިން މި މެޗަށް އެއް ބަދަލާ އެކު ފުރަތަމަ އެގާރަ ނެރުނުއިރު، އިންގްލެންޑުން ވަނީ ތިން ބަދަލެއް ފުރަތަމަ އެގާރަ އަށް ގެނެސްފަ އެވެ. ފުރަތަމަ ހާފުގައި 19 ފައުލު ފެނިގެންދިޔައިރު، ގޯލާ އަމާޒުކޮށް ފެނިގެންދިޔައީ އެންމެ ހަމަލާ އެކެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އިންގްލެންޑުން 10 މިނިޓް ތެރޭ ލީޑުނެގި އެވެ. މިއީ، އިންގްލެންޑްގެ މޯގަން ރޮޖާސް ނެގި ހުރަހަކަށް އަރަައި އެންތަނީ ގޯޑަން ޖެހި ގޯލެކެވެ.
އިންގްލެންޑުން ލީޑުނެގުމާ އެކު، އާޖެންޓީނާ އިން އެޓޭކަށް ގިނަ ކުޅުންތެރިންތަކެއް ފޮނުވައި، ގިނަ ހަމަލާތަކެއް ފޮނުވާލަން ފެށި އެވެ. އެ ގޮތުން، ބަދަލަކަށް ކުޅެން އަރައި، އާޖެންޓީނާގެ ރޮޑްރީގޯ ޑެ ޕޯލް ނެގި ހުރަަހަކުން އަލެކްސިސް މެކް އަލިސްޓާ ބޮލުން ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.
އާޖެންޓީނާ އިން އެއްވަރުކުރީ 85 ވަނަ މިނިޓްގައި ލިއޮނަލް މެސީ ދިން ބޯޅައަކުން އެންޒޯ ފެނާންޑޭޒް އޭރިއާބޭރުން ޖެހި ގޯލަކުންނެވެ. އަދި، މެސީ ނަގައިދިން ހުރަހަކުން އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ލައުޓާރޯ މާޓީނޭޒް ބޮލުން ގޯލެއް ޖަހައި، އާޖެންޓީނާ މޮޅުކޮށްދިނެވެ.
ހިތްދަތިކޮށް އިންގްލެންޑް ކަޓުވާލައި ތަށި ދިފާއުކުރަން އާޖެންޓީނާ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ