ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އަށް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މައުލޫމާތު ދޭގޮތުގައި، މިތަކެތި އަތުލައިގެންފައިވަނީ، އިއްޔެގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިސް އޮއިލް ކަމަށާއި، މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 8.5 ކިލޯ ހުރި ކަމަށެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
އެހެންނަމަވެސް، މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއެތެރެކުރަން އުޅުނު އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ