ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8 ކިލޯގެ ހަޝިޝް އޮއިލް މޯލްޑިވްސް ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް އެ ތަކެތީގެ ބަރުދަނުގައި 8.5 ކިލޯ ހުރި ކަމަށާއި އޭގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ނަމަވެސް، އެއީ ކޮން ގައުމަކުން ރާއްޖެ އެތެރެކުރަން އުޅުނު އެއްޗެއް ކަމެއް ކަސްޓަމްސްއަކުން ނުބުނެ އެވެ. އަދި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ވެސް އަދި ނޭނގެ އެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް ކަނޑުމަގުން 40 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅެނިކޮށް މިދިޔަ އަހަރު ފަހުކޮޅު އަތުލައިގެންފައިވެ އެވެ. އެ މައްސަލައިގައި ދިވެހި ދެ ފިރިހެނަކު ހައްޔަރު ވެސް ކުރި އެވެ.
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މެތަމްފެޓަމިން ވެސް މިދިޔަ މަހު ފަހުކޮޅު ކަސްޓަމްސް އިން އަތުލައިގަނެފައިވެ އެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަނަށް އަރާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ކަސްޓަމްސް އިން 8 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ