ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، ދައުރު ނޫސް ހިންގާ ކުންފުންޏާއި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށް ކުރި އަބުރުގެ ދައުވާގައި އެދިފައިވާ ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފި އެވެ.
އަޒާންގެ ފަރާތުން އަބުރުގެ ދައުވާ އުފުލީ ދައުރު ނޫހުގައި މޫސާ ލަތީފް "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ"ގެ ނަމުގައި އަޒާންއާ ގުޅޭ ވާހަކަތަކެއް ހިމަނައި ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ.
އެ ލިޔުން ނެގުމަށް ނުވަތަ އިސްލާހު ކުރަން އަމުރުކޮށްދިނުމަށާއި މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ލިޔުން ޑްރާފްޓް ސްޓޭޓަސްއަށް ބަދަލު ކުރަން އަމުރުކޮށްދިނުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ.
އެ އަމުރާ މެދު ގޮތެއް ކަނޑައަޅައި، މިއަދު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ މޫސާ ލަތީފްގެ ލިޔުން މިހާރު އޮތް ހާލަތުގައި އޮތުމުން އާންމުކޮށް ކޮންމެ ކިޔުންތެރިއަކަށް ވެސް ކޮންމެ ވަގުތެއްގައި ވެސް އެ ލިޔުން ހުޅުވައި ކިޔުމަށް ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިމާޔަތް ކުރަން ޖެހޭ އަޒާންގެ ހައްގެއް އޮތް ކަމަށް އެނގެން އޮންނަ ކަމަށާއި އަދި ލިޔުން ޑްރާފްޓް ލިޔުމަކަށް ބަދަލުކުރުމުގެ އަމުރެއް ނެރުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށް އަމުރުގައިވެ އެވެ.
އެހެންވެ، އަމުރުގައި އަންގާފައިވަނީ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް "ޑްރާފްޓް" ސްޓޭޓަސް އަށް ބަދަލުކުރުމަށާއި އެ ލިޔުމަށް އާންމުންނަށް އެކްސެސް ނުވެވޭނެ ގޮތް ހެދުމަށެވެ. މިއީ ލިޔުން ޑިލީޓްކުރުން ކަމުގައި ބެލެން ނެތް ކަމަށް ވެސް އަމުރުގައިވެ އެވެ.
އަމުރުގައި ބުނެފައިވާ ގޮތުން ލިޔުން މިހާރަށް ވުރެ ވެސް ގިނަ މީހުންނަށް ފެނި ދައުވާ ކުރާ ފަރާތުގެ އަބުރަށް މިހާތަނަށް ލިބިފައިވާ ގެއްލުމަށް ވުރެ އިތުރަށް ގެއްލުންވުމުގެ އިހުތިމާލު އެބަ އޮތް ކަމަށެވެ.
The most trusted news source in the Maldives
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އަޒާންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ މޫސާ ލަތީފްގެ ރިޕޯޓްގައި އޭނާގެ އަބުރަށް އަރައިގެންފައިވާ ކަމަށް ކަނޑައަޅައި، އޭގެ ބަދަލު ނަގައިދިނުމަށެވެ. ދައުވާގައި އެދިފައިވަނީ ބަދަލުގެ ގޮތުގައި 5،000ރ. ނަގައިދިނުމާ އެކު ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. ނަގައިދިނުމަށެވެ.
މޫސާ ލަތީފްގެ ލިޔުމުގައި އަޒާންއަށް ނިސްބަތްކޮށް، ކުރީ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރައީސް އޮފީހުގައި އޭނާ ކުރި ސުވާލަކަށް ފަހު ކަން ހިނގި ގޮތް ބަޔާންކޮށްފައިވެ އެވެ. އަދި ލިޔުންތެރިޔާ އެކަން "އަދަދު" ނޫހަށް ފުލުހުން ރެއިޑްކުރަން ވަން ހާދިސާއާ އަޅާކިޔާފައިވެ އެވެ.
އަބުރުގެ މައްސަލަގައި މޫސާ ލަތީފުގެ ރިޕޯޓް ނަގަން ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ