ރައީސް މައުމޫން، މިނިސްޓަރު އަލީ ވަހީދަށް: މައާފުކޮށްފިން

ރައީސް މައުމޫނަށް އަމާޒުކޮށް ފާޑުވިދާޅުވެ ދެއްކެވިފައިވާ ވާހަކަތަކަށް މައާފަށް އެދޭކަމަށް ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާއި ގުޅިގެން، މިނިސްޓަރު އަލީ ވަހީދަށް މައާފުކުރައްވާފައިވާކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ސަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވަނީ އޭރު ރައީސް މައުމޫނާ ދިމާލަށް ކިޔުނު އެއްޗިއްސާ މެދު ފަހުން ދެރަވެ ހިތާމަ ކުރެވުނު ކަމަށާ އެކަމަށް މައުމޫނު އަރިހުން މައާފަށް އެދިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ.
ޕޯޑިއަމްތަކުގައި އެގޮތަށް ދެވުނީމާ އެ ރިގްރެޓު [ދެރަވެ] ކުރަން. އަދި ފަހުން އަޅުގަނޑު މައާފަށް ވެސް އެދުނިން ވަޒީރަކަށް އައުމަށް ފަހު [ރައީސް މައުމޫނާ] ބައްދަލު ކޮށްފައި." އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދުގެ މި ވާހަކަތަކާއި ގުޅިގެން ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދަށް މައާފުކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ފާޅުކުރެއްވި ޝުއޫރުތަކަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ