ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ވެސް ބާތިލުކުރަން ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ވެސް ބާތިލުކުރަން ހައިކޯޓަށް ހުށައަޅައިފިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށައަޅުއްވާފައިވަނީ މި ދާއިރާގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީޕީއެމްގެ ކެންޑިޑޭޓް އަލީ އިބްރާހިމް އެވެ. އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންގެންދަވާ މުހައްމަދު އަސްލަމްއެވެ.
ހިތަދޫ އުތުރު ދާއިރާގެ މައްސަލައާ އެކު ޖުމްލަ 11 ދާއިރާއެއްގެ އިންތިހާބު ބާތިލްކުރަން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެ ދާއިރާތަކަކީ ފުނަދޫ ދާއިރާ އާއި ސ. ހިތަދޫ މެދު ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ކުރެންދޫ ދާއިރާ އާއި ނޮޅިވަރަމް ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މަހިބަދޫ އަދި ވިލިގިނލި ދާއިރާގެ އިތުރުން ނައިފަރު ދާއިރާގެ އިތުރުން މީދޫ ދާއިރާއެވެ.
މީގެ ތެރެއިން މަހިބަދޫ ދާއިރާގެ މައްސަލައިގެ ދައުވާ ފޯމް އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލާފައިވާ އިރު ވިލިނގިލީ ދާއިރާ އާއި ނޮޅިވަރަމު ދާއިރާގެ މައްސަލަ މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. ހައިކޯޓަށް ހުށައެޅިފައިވާ އެހެން މައްސަލަތަށް މިހާރު ފެށިފައިވާރު މީގެތެރެއިން ބައެއް މައްސަލަތަށް މިހާރު ވަނީ ހުކުމާ ހަމައަށް ވެސް ގޮސްފައެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލާއިރު އަދި އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30. ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ