އަންނަ ވޯލްޑްކަޕް މެޗުތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށް ދަންނަވައިފިއެވެ.
މިކަން ހާމަކުރެއްވީ ސަރުކާރުން މިއަދު އާންމުކުރި “ފީފާ 101 ވިތް ޕްރެޒިޑެންޓް” ނަމަކަށް ކިޔާ ހާއްސަ ވީޑިއޯއެއްގައެވެ.
ވޯލްޑްކަޕްގެ ފޯރި ރާއްޖޭގައި އިތުރުކުރުމުގެ ގޮތުން ރައީސް ވަނީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑުންނަށް ހަދިޔާކުރާ ބޯޅަތަކެއްގައި ސޮއިކުރައްވާފައެވެ. އެ ވީޑިއޯގައި ރައީސް ވިދާޅުވީ ވޯލްޑްކަޕް މެޗުތައް ބައްލަވާނެ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ މަސައްކަތްޕުޅުތައް ހުންނަ ގޮތުން ހުރިހާ މެޗެއް ނުބެލިދާނެ ކަމަށެވެ. އެގޮތުން މެޗުތައް އޮންނަ ވަގުތުތަކާއި އެމަނިކުފާނުގެ ޝެޑިއުލް ފުށޫއަރާފާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަހަރުގެ ވޯލްޑްކަޕް މެޗުތައް އޮތީ ހެނދުނު އޮފީހަށް އަންނަ ވަގުތުތަކާއި ދަންވަރު ވެސް ހިމެނޭ ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ބައެއް މެޗުތައް ނުބެލުނު ނަމަވެސް، ވޯލްޑްކަޕްގެ ފޯރި އެމަނިކުފާނު ވެސް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ވޯލްޑްކަޕްގައި އާޖެންޓީނާއަށާއި އިނގިރޭސިވިލާތަށް ތާއީދު ކުރައްވާކަން ވެސް މި ވީޑިއޯގައި ހާމަކުރައްވާފައެވެ.
މޯދީގެ ރެކޯޑަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ތިމާވެށްޓަށް ޚަރަދުކުރަން ނިންމައިފި ރަސްމާލެ މަޝްރޫއުގެ 60 ޕަސަންޓު މަސައްކަތް ނިމިއްޖެ: ރައީސް ޢަބްދުލްޢަޒީޒު މުޙައްމަދު ނިޔާވުމާ ގުޅިގެން ރައީސްގެ ތ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ