ޗެއާޕާސަން އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށްފައެއް ނުވާނެ: އާތިފް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށްފައިނުވާނެކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް އެފަދަ މޭރުމަކުން ވާހަކަދައްކާފައިމިވަނީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމަށް މޭޔަރު އާތިފް ތާއީދުކުރާކަމަށް ބުނެ ނޫހެއްގައި ހަބަރެއް ލިޔެ ޝާއިރުކޮށްފައިވަނިކޮށްނެވެ.
ސޯޝަލް މީޑިއާގައި އެ ހަބަރު ޝެއާކުރައްވައި މޭޔަރު އާތިފް ވިދާޅުވީ، ޗެއާޕާސަން އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއިދުކުރާކަން މިހާތަނަށް އެއްވެސް ގޮތަކުން ހާމަކޮށްފައިނުވާނެ ކަމަށާއި އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައިވެސް ހަރަކާތްތެރިވެފައިނުވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.
ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މީކާއިލް އަހުމަދު ނަސީމް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ ދެ ބޭފުޅުންނަށްވެސް މޭޔަރު އާތިފް މަރުހަބާ ދެންނެވި އެވެ.
އެކަމަކު އެ ބޭފުޅުން ބޭއްވި ކެމްޕެއިން ހަރަކާތްތަކުގައި އާތިފް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ