ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މެންބަރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް އޮތް ހޯމަ ދުވަހު ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
މަޖިލީހުގެ މީޑިއާ އޮފިސަރު އަހުމަދު މާން އަސްއަދު މައުލޫމާތު ދެއްވި ގޮތުގައި، ސޯބެ ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަޖިލީހުގެ އިދާރާގައެވެ.
މި ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ޕީއެންސީގެ އަހުމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ބޭއްވި ބައި-އިލެކްޝަން ސޯބެ ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައި 62 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ.
ސޯބެ ހުވާކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ