ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު، ހަސަން ޒަރީރު މިއަދު އައްޔަނުކޮށްފި އެވެ.
އެލްޖީއޭގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރި ޕޯސްޓެއްގައި ވަނީ މިނިސްޓަރު ޒަރީރުއަށް މަރުހަބާ ކިޔައިފަ އެވެ. ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަރީރު އައްޔަނުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުންނެވެ.
އެލްޖީއޭގެ ރައީސްގެ މަގާމުގައި ވެސް މީގެ ކުރިން ހުންނެވީ ޒަމީރު އެވެ. ނަމަވެސް، ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާއެކު، އެލްޖީއޭގެ ރައީސްގެ މަގާމު ވެސް ވަނީ ހުސްވެފަ އެވެ.
ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާ ދެއްވީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ކަމަށް ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
އެލްޖީއޭއަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތެވެ. މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކީ އެލްޖީއޭގެ ދައުރު ފުޅާވެ، ކައުންސިލުތަކުގެ މައްޗަށް އޮންނަ ބާރުވެރިކަން ވަނީ އިތުރުވެފަ އެވެ.
އެލްޖީއޭގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު، ހަސަން ޒަރީރު އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ