ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ސަރުކާރުން ކުރިއަށްގެންދަވާ ގައުމީ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާ ބެހޭގޮތުންނާއި، ގައުމުގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިބައްދަލުވުމުގެ އިތުުރު ތަފްސީލެއް ރައީސް އޮފީހުން ނުދެއްވަ އެވެ.
ރައީސް ޔާމީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުވެސް ރައީސް މައުމޫނާ ބައްދަލުކުރައްވާފަ އެވެ. އެދުވަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުއާ ވެސް ރައީސް ޔާމިން ބައްދަލުކުރެއްވި އެވެ.
ރައީސް ޔާމިނާއި މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ