ހޮރްމޫޒްގެ ބަލަދުވެރިޔަކީ އެމެރިކާ، އުޅަނދުތަކުން ފީ ނަގާނަން: ޓްރަމްޕް

އީރާނުގެ މުދާ އުފުލާ އުޅަނދުފަހަރު ހުއްޓުވުމަށް އެމެރިކާއިން އަލުން ނިންމައިފި ކަމަށާއި، ވަކި ފީއެއް ނަގައިގެން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބާއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާ ބަންދުގައި އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އިއުލާނުކުރުމާ ގުޅިގެން މަސްރަހު ގޯސްވެފައިވާއިރު، މިކަމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި މި ހަމަނުޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ.
MU STORE
Enterprise Development Industrial Pvt Ltd
MGH Group of Companies
MU STORE
MGH Group of Companies
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން ބޭނުންވިޔަސް ނުވިޔަސް ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ ހުޅުވާފައި ކަމަށާއި، އީރާނުގެ އުޅަނދުފަހަރު ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާއިން އަލުން އިއާދަކުރާނެ ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، މިއަދުން ފެށިގެން އެމެރިކާ މަޝްހޫރުވެގެންދާނީ "ހޮރްމޫޒް ކަނޑުއޮޅީގެ ބަލަދުވެރިޔާ" ގެ ގޮތުގައި ކަމަށެވެ. އަދި އިންސާފުވެރި އުސޫލެއްގެ ދަށުން، އެ ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ މުދަލަކުން 20 އިންސައްތައިގެ ފީއެއް އެމެރިކާއަށް ދައްކަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑުން މިކަމަށް ރައްދުދެމުން ބުނެފައިވަނީ، ދުނިޔޭގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ އެ ކަނޑުއޮޅީގެ މުސްތަގުބަލު ކަނޑައެޅުމުގައި އެމެރިކާގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ. އަދި ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމުގައި އެމެރިކާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ.
އދ. ގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާއިން ވެސް ވަނީ ޓްރަމްޕްގެ މި ހުށަހެޅުމާ ދެކޮޅު ހަދާފަ އެވެ. އެ އިދާރާއިން ބުނީ ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބޭނުންކުރާ ކަނޑުއޮޅިތަކުން އެއްވެސް ފީއެއް ނެގުމާ ދެކޮޅު ކަމަށާއި، ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން މަޖުބޫރު ފީއެއް ނެގުމަށް އެއްވެސް ގާނޫނީ ބިންގަލެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ