ޔަމަނުގައި ހަރަކާތްތެރިވާ، އީރާނުގެ މަދަދުލިބޭ ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ހޫޘީން ބުނި ގޮތުގައި މިއީ ހޯމަ ދުވަހުގެ ހެނދުނު ޔަމަނުގެ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް ސައުދީން ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުމެކެވެ. މިއީ ފާއިތުވި ކޮންމެސް ވަރެއްގެ ހިމޭން ދުވަސްތަކަކަށް ފަހު، ދެ ފަރާތުގެ މެދުގައި މަސްރަހު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ ދަނޑިވަޅެކެވެ.
ހޫޘީން ބުނާ ގޮތުގައި އީރާނުގެ އެ ބޯޓަކީ އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނައީގެ ޖަނާޒާއަށް ދިޔަ ހޫޘީ ވަފުދެއް އަނބުރާ ގެނައުމަށް ދަތުރުކުރި ބޯޓެކެވެ. ސަންއާ އެއާޕޯޓަށް ހަމަލާދިނުމުން އެ ބޯޓު ވަނީ ހުދައިދާ އެއާޕޯޓަށް ޑައިވާޓްކޮށް، އެތަނަށް ޖައްސާފައެވެ.
ހޫޘީން ސައުދީގެ އަބްހާ އެއާޕޯޓަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ