އޭދަފުށީ ބަނދަރު ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުންް ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އެ ރަށު އަލީ އަބްދުﷲ، ސީސަންގެ، 82، ކަމަށެވެ.
ތަފްސީލް - އޭދަފުށީ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލީ އަބްދުﷲގެ ހަށިގަނޑު ފެނުނީ ފަޅުތެރޭގައި އޮތް ފައްތިޔަލެއްގައި ލޯންޗެއް އަޅަން ދިޔަ ބަޔަކަށް ކަމަށެވެ.
އޭނާ މޫދަށް ވެއްޓިފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އިތުރަށް ޔަގީން ކުރުމަށް ފުލުހުން އެ ދަނީ އެ ސަރަހައްދުގައި ހުރި ސީސިޓީވީ ފުޓޭޖުތައް ބަލަމުން އަންނަ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ