މިދިޔަ ހަފްތާގައި ހިމަބިހީގެ 23 ކޭސް، ޖުމްލަ 144 އަށް އަރައިފި

ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ހިމަބިހި (މީސްލްސް) ގެ ޕޮޒިޓިވް 23 ކޭސް މިދިޔަ ހަފްތާގައި ފެނި، މި އަހަރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 144 އަށް އަރައިފި އެވެ. 
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސްއެއް ފެނިގެން ރިޕޯޓު ލިބިފައިވާއިރު، ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ 144 އަށް އަރާފައިވާ ކަމަށެވެ. 
MGH Group of Companies
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MU STORE
Zetta Enterprises Pvt Ltd
މި މަހުގެ ފުރަތަމަ ހަފްތާގައި ހިމަބިއްސަށް 55 މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، އެއީ އޭގެ ކުރީ ހަފްތާއަށްވުރެ ދެގުނަ އިތުރު އަދަދެއްކަން ފާހަގަކުރެވެ އެވެ.  
މި ބައްޔަށް ޕޮޒިޓިވްވި 24 އަހަރުގެ ޒުވާނަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އިއްޔެ ވަނީ ނިޔާވެފަ އެވެ. އެ ޒުވާނާ މަރުވީ ސީދާ ހިމަބިހީގެ ސަބަބުންތޯ ދެނެގަތުމަށް އެޗްޕީއޭއިން ދަނީ މަސައްކަތްކުރަމުން ކަމަށް އެ އެޖެންސީން ބުންޏެވެ. 
ހިމަބިހި އަލުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ވަނީ ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށާފަ އެވެ.  މިގޮތުން އެޗްޕީއޭއިން ވަނީ މިހާތަނަށް ހިމަބިއްސަށް 7،100 މީހަކަށް ވެކްސިން ދީފަ އެވެ. 
އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތްތައް ހުރިހަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާން އިލްތިމާސްކޮށްފަ އެވެ. އަދި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދިފައިވެ އެވެ.
އޭގެ އިތުރުން، ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ. 
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.
ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ. މިހާރު ވެކްސިންދެމުން ދަނީ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ. 
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ