ބ. އޭދަފުށީ ފަޅުތެރެއިން އުމުރުން ދުވަސްވީ ފިރިހެނަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ އޭދަފުށީ/ ސީސަންގެ، އަލީ އަބްދުއްﷲ (82އ) އެވެ.
އޭދަފުށީގައި ހިންގާ އޭދަފުށި ޓައިމްސްގައި ބުނެފައިވާ ގޮތުން އެ މީހާ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު 8:00 ހާއިރު، ފަޅުތެރޭގައި އޮތް ފައްތިޔަލެއްގައި ލޯންޗެއް އަޅަން ދިޔަ ބަޔަކަށެވެ.
މި ހާދިސާއާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިތުރު ޓެސްޓްތައް ހެދުމަށްޓަކައި، އެ މީހާގެ ހަށިގަނޑު ރ. އަތޮޅަށް ފޮނުވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށްވެސް އެ ނޫހުން ރިޕޯޓް ކޮށްފައިވެ އެވެ.
އޭދަފުށީ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ