ބޮޑެތި މީހުންގެ ހަށިގަނޑުގެ ވަރުގަދަކަމާއި ހަރަކާތްތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭ "ގޯލްޑް 5އެކްސް" ނިއުޓްރިޝަނަލް ފޯމިއުލާ ބާޒާރަށް ނެރެފި އެވެ.
މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް މާކެޓުކުރަނީ ލިލީ އެންޓަޕްރައިޒަސްއިންނެވެ.
މިއީ ބޮޑެތި މީހުންގެ ދުޅަހެޔޮކަމާއި ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަށް ބޭނުންވާ މުހިންމު މާއްދާތައް އެކުލެވޭގޮތަށް ހާއްސަކޮށް ސައިންންޓިފިކްގޮތުން ތައްޔާރުކޮށްފައިވާ ޕްރީމިއަމް އުފެއްދުމެކެވެ.
މި ފޯމިއުލާ ހާއްސަކޮށްފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ މުހިންމު ފަސް ދާއިރާއަކަށެވެ. އެއީ ކަށިތަކާއި، ހުޅުތަކާއި، މަސްތަކުގެ ދުޅަހެޔޮކަމުގެ އިތުރުން ހަށިގަނޑުގެ ވަރުގަދަކަމާއި ލެނބުމުގެ ގާބިލުކަން އިތުރުކުރުމަށެވެ.
މި އުފެއްދުމުގެ ނިއުޓްރިޝަނަލް ޕްރޮފައިލްއަށް ބަލާއިރު، މީގައި 100 އިންސައްތަ ކެލްސިއަމް އަދި ވިޓަމިން ޑީ އެކުލެވިގެންވެއެވެ. އަދި ހައި-ޕްރޮޓީންއާއެކު ތައްޔާރުކޮށްފައިވާ މި ފޯމިއުލާގައި ކޮލަޖަން އަދި އެމްއެފްޖީއެމް އެކްޓިވް ވެސް ހިމެނެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ބޭނުންވާ ހަކަތަ ހިފެހެއްޓުމަށް އެހީތެރިވެދޭ 17 ވިޓަމިނާއި މިނަރަލްސް މި ފޯމިއުލާގައި އެކުލެވިގެންވެއެވެ.
މާކެޓް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާގޮތުގައި، އާންމުކޮށް ހުންނަ ކެލްސިއަމް ގިނަ ކިރުގެ ބާވަތްތަކުގެ ތެރެއަށް އެމްއެފްޖީއެމް އަދި ކޮލަޖަން އިތުރުކުރުމަކީ، ދިގު މުއްދަތަކަށް ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުންވާ މީހުންގެ މެދުގައި މިފަދަ މަލްޓި-ފަންކްޝަނަލް އުފެއްދުންތަކަށް އޮތް ޑިމާންޑް ބޮޑުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
"ގޯލްޑް 5އެކްސް" ބާޒާރަށް ނެރެފައިވަނީ ކަސްޓަމަރުން ގަޔާވާނެ ތިން ރަހައަކުންނެވެ. އެއީ ޕްލެއިން، ޑާކް ޗޮކްލެޓް އަދި ކެފޭ ލާޓޭ އެވެ. މި ހަފުތާއިން ފެށިގެން ބޮޑެތި ފިހާރަތަކުންނާއި ޑިސްޓްރިބިއުޝަން ނެޓްވޯކްތަކުން މި އުފެއްދުން ލިބެން ހުންނާނެއެވެ.
މި އުފެއްދުން ލިލީ ސްޓޯރާއި، ލާލު ސްޓޯރު، ހުޅުމާލޭގައި ހުންނަ ލިލީ ޝޮޕް، އަދި އައްޑޫ އާއި ކުޅުދުއްފުށީގައި ހުންނަ ލިލީގެ ފިހާރައިން ލިބެން ހުންނާނެއެވެ. އަދި މި އުފެއްދުން އެހެން ފިހާތަކުން ވެސް ލިބޭނެ އެވެ.
އެންލީން ގޯލްޑް 5އެކްސް: ދުޅަހެޔޮކަމަށް ހާއްސަ އާ ފޯމިއުލާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ