ޑަލަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 14) - ގިނަ ބަޔަކު ބުނަމުން އަންނަނީ ފްރާންސަކީ މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ޓީމު ކަމަށާއި އެހެން ނަމަވެސް، އޭނާ ދެކޭގޮތުގަައި، ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި ބަލަން ޖެހޭނީ ސްޕެއިން ކަމަށް ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި، މިރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، މޮވިސްޓާ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، ޑެޝޯމްޕްސް ވަނީ ސްޕެއިނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
MGH Group of Companies
MGH Group of Companies
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
"އަހަރެމެންނަށް ވަރަށް ރަނގަޅަށް ސްޕެއިން އެނގޭ. އެ މީހުންނަކީ މި ވަގުތަށް ބަލާއިރު ޔޫރަޕްގެ ވެސް ޗެމްޕިއަނުން. ވޯލްޑް ކަޕް ފެށުމުގެ ކުރިން އެންމެން ބުނަމުން އައީ އަހަރެމެންނަކީ (ފްރާންސަކީ) ފޭވަރިޓް ކަމަށް. އެކަމަކު، އަހަރެން ބުނަނީ ފޭވަރިޓަކީ ސްޕެއިނޭ،" ކުރިން ފްރާންސާ އެކު، 1998 ވޯލްްޑް ކަޕް ކެޕްޓަނެއްގެ ގޮތުގައި ކާމިޔާބުކޮށް، 2018 ވަނަ އަހަރު ކޯޗަކަށް ހުރެ މުބާރާތުގެ ތަށި އުފުލާލި، ޑެޝޯމްޕްސް ބުންޏެވެ.
ސްޕެއިނުން ވަނީ އެންމެ ފަހުން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާއި ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސް އަތުން މޮޅުވެފަ އެވެ. އެކަމަކު، ނޭޝަންސް ލީގުގެ ފައިނަލުން ޕޯޗުގަލް އަތުން ސްޕެއިން ބަލިވި ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި، ސްޕެއިިނުން ޕޯޗުގަލް ބަލިކުރުމަކީ، އެ ޓީމުގެ ފެންވަރު އަނެއްކާ ފެނިގެންދިޔަ ކަމެއްގެ ގޮތުަގއި ޑެޝޯމްްޕްސް ދެކެ އެވެ.
"އެއީ، ސްޕެއިނަށް އިތުރު ޕްރެޝަރު އަންނާނެ ކަމެއް، މި މުބާރާތުގައި ކުރިއަށްދާން. އެ މީހުންނަކީ ވަރަށް ގިނަ ވަރުގަދަ ކަންކަން ހުރި މޮޅު ޓީމެއް،" ޑެޝޯމްޕްސް ބުންޏެވެ.
ފްރާންސާ ދެކޮޅަށް ސްޕެއިނުން މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ނުކުންނައިރު، އެންމެ ފަހުން ކުޅުނު މެޗުތަކުން ސްޕެއިން މޮޅުވެފައި އޮތުމުގެ ހިތްހަަމަޖެހުން އެ ޓީމަށް އޮންނާނެ ކަމަށް ޑެޝޯމްޕްސް ވެސް ދެކެ އެވެ. އެކަމަކު، ފްރާންސަށް މީގެ އޮތް އެންމެ ބޮޑު ޕޮޒިޓިވް އަކީ، ވޯލްްޑް ކަޕްގައި ފްރާންސުން އަބަދުވެސް ނަތީޖާ ހޯދަން ފަހު ވަގުތާ ހަމައަށް ކުރާ މަސައްކަތް ކަމަށް ޑެޝޯމްޕްސް ފާހަގަކުރި އެވެ.
"ވޯލްޑް ކަޕްގައި ފްރާންސް ފެންނާނީ ތަފާތުކޮށް. ދެން، ހުރިހާ ކަމަަކަށް ވިސްނިޔަސް މިއީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލް. ލެވެލް އޮތީ އާދަޔާހިލާފު މަތީގައި،" މި ފަަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސް ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ޑެޝޯމްޕްސް ބުންޏެވެ.
މީގެ ކުރިން، ވޯލްޑް ކަޕެއްގައި ފްރާންސް އާއި ސްޕެއިން ކުޅެފައިވަނީ، މީގެ 20 އަހަރު ކުރިން، ޖަރުމަނުގައި 2006 ވަަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގަ އެވެ. ޒިނެދިން ޒިދާންގެ މޮޅު ކުޅުމާ އެކު، އެ މެޗުން ފްރާންސް ވަނީ 3-1 އިން މޮޅުވެފަ އެވެ.
ސްޕެއިނާއި ފްރާންސް ކުޅޭ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 00:00 ގަ އެވެ. ފްރާންސް އިން މަސައްކަތް ކުރަމުން އަންނަނީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރުމަށެވެ. އަނެއްކޮޅުން، ސްޕެއިނުން ބަލާނީ، 16 އަހަރަށް ފަހު، ވޯލްޑް ކަޕް ފައިނަލުގައި ކުޅުމުގެ ފުރުސަތު ހޯދުމަށެވެ.
ފްރާންސަށް ވުރެން ބޮޑަށް ސްޕެއިނަކީ ވޯލްޑް ކަޕްގެ ފޭވަރިޓް: ޑެޝޯމްޕްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ