ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ދިވެހިންގެ ރައްޔިތުންގެ އިޤްޠިޞަދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ކަމަށް ދިރާގުގެ ޑިރެކްޓަރ މާރކެޓިންގ އަހްމަދު މައުމޫން ވިދާޅުވެއްޖެއެވެ.
ދިރާގުގެ މައި އޮފީހުގައި އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ރާއްޖޭގެ ހުރިހައި ރަށަކަށް ދިރާގު 3ޖީ ގެ ޚިދުމަތް މިހާރު ފޯރުކޮށްދެވިފައި ވުމުން ދިރާގުން އެދެނީ ވީހައި ފުޅައު ދާއިރާއެއްގައި ވީހައި ގިނަ ބައަކު އެޚިދުމަތުގެ ބޭނުން ހިފައި ވިޔަފާރިއާއި އިޖުތިމާޢީ ކުރިއެރުން ހޯދަން މަސައްކަތް ކުރުން ކަމަށެވެ.
މައުމޫން ވިދާޅުވީ ވަރަށް ކުޑަ ރަށެއްގެ ގޮތުގައި އޮންނަ ޤައުމެއް ފިޔަވައި ޤައުމުގައި މީހުން ދިރިއުޅޭ ހުރިހައި ސަރަހައްދެއްގައި އިންޓަރނެޓް ބްރޯޑް ބޭންޑްގެ ޚިދުމަތް ލިބެމުން އަންނަ ޤައުމުތައް ވަރަށް މަދުވާނެ ކަމަށާއި މިކަމުގައި ރާއްޖެއިން މިހޯދީ ދުނިޔޭގެ ރެކޯޑެއް ކަމަށެވެ.
މައުމޫން ވިދާޅުވީ އެކުންފުނިން މުޅި ރާއްޖޭގައި އެޅި ފައިބަރ އޮޕްޓިކް ކޭބަލް އެޅުމަށް ކުންފުނިން ކުރި ޚަރަދުގެ އިތުރުން ފާއިތުވި 3 އަހަރު ދުވަސް ތެރޭގައި ދިރާގުގެ ޚިދުމަތް މުޅި ރާއްޖެއަށް އާންމުކުރުމަށާއި ފެންވަރު މަތި ކުރުމަށް މިހާރުވެސް ވަނީ 17 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ދިރާގުގެ ސީީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދު ވިދާޅުވީ އަލަށް އިތުރުވަމުންދާ ޓެކްނޮލޮޖީ އާއި އެއްފެންވަރަށް ޚިދުމަތް ތަރައްޤީ ކުރުމަށާއި ނެޓްވަރކް ފުޅައުކުރުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭނެ ކަމަށާއި އެކަމަށް ޚަރަދުތަކެއް ކުރަންޖެހުނު ނަމަވެސް ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނީ ކަސްޓަމަރުންނަށް ވީހައި ފެންވަރު ރަނގަޅު، އެންމެ ޒަމާނީ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ އިޤްޠިޞާދީ، އިޖުތިމާއީ ކުރިއެރުމަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ