ބިންގާ އެޅުނު އިންޖީނުގެ އާއެކު ކަރަންޓަށް ޖެހުން ނިމުމަކަށް

ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންނަށް ކަރަންޓުގެ ދަތިކަމެއް ދިމާނުވާނެ ކަމަށް އެ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.
ސީއެންއެމަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު އީސަ ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންނަށް ކަރަންޓުގެ ދަތިކަން ކުރިއަތް އޮތް ދިވަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިމާނުވާނެ ކަމަށެވެ. ކެނދިކުޅުދޫ އިންޖީނުގެ ރީލޮކޭޓް ވުމާއެެކު އެ ދާއިރާގެ ހުރިހާ ރަށްތަކެއްގެ ކަރަންޓު ޔަގީންވީ ކަން ހާމަ ކުރައްވާ މެމްބަރު އީސަ ވިދާޅުވީ މާޅެންދޫ އިންޖީނުގެ ނިމުމުގެ މަރުހަލާގައި އޮތް އިރު ހެނބަދޫ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށެވެ.
އަދި ކުޑަފަރީ އިންޖީނުގެ އަށް ބޭނުންވާ 250 ކިލޯގެ އިންޖީނެއް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެރަށަށް ފޮނުވާފައި ކަމަށް އީސަ ވިދާޅުވިއެވެ. ކެނދިކުޅުދޫ ގައި އިމާރާތް ކުރަންފެށި އިންޖީނުގެ އާއެކު ފެނަކައިން މިހާތަނަށް ތިރީސް ރަށެއްގެ އިންޖީނުގޭގެ ބިންގާ އަޅާފައިވާކަން ފާހަގަ ކުރައްވާ އީސަ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ފެނަކައިން ކުރި މަސައްކަތަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.
ކެނދިކުޅުދޫ އިންޖީނުގެ އަކީ މީގެ ތިރީސް ވަރަކަށް އަހަރު ކުރިން އަޅަން ފަށާފައިވާ އިންޖީނުގެއެއް ކަމަށާއި އެ ތަން އިމާރާތް ކުރަންފެށީ ވޯލްޑު ބެންކުގެ ލޯނެއްގެ ދަށުން ކަމަށްވެސް އީސަ ވިދާޅުވިއެވެ. އަދި 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމުގައި އެ އިންޖީނުގެ ހުރީ އަޅަން ފަށާފައި ކަމަށާއި ނަމަވެސް އަލުން އެ މަސައްކަތް ކުރަން މި ފެށުނީ ބާރަ އަހަރު ފަހުން ކަމަށް އީސަ ވިދާޅުވިއެވެ.
އަދި އިންޖީނުގެ ހުރީ ސްކޫލާ ޖެހިގެން ކަމަށާއި އެނޫން ތަނަކަށް އިންޖީނުގެ ބަދަލުކުރާނަމަ ގިނަ ހަރަދުތަކެއް ހިނގާނެތީ އިންޖީނުގެ ހުރި ތަނުގައި އިމާރާތްކޮށް ނިއްމާ ރަށުގެ ރައްޔިތުންނަށް އޭރު އެ ހިދުމަތް ފޯރުކޮށްދީފައިވަނީ ކަމަށް އީސަ ވިދާޅުވިއެވެ. މި ކަމުގެ ސަބަބުން ސްކޫލުގައި ކިޔަވަން ތިބޭ ކުދިންނަށް އުނދަގޫވުމާއި އިންޖީނުގެ އިން ބޭރުވާ ހުރިހާ ދުމެއް ސްކޫލު ތެރެއަށް ދިޔުމުގެ އިތުރުން ސްކޫލަށް ދާ ކުދިންގެ ޔުނިފޯރމް ގައި ދުނބުޅި ޖެހުން ފަދަ ކަންތައްތައް ދިމާވާ ކަމަށްވެސް އީސަ ވިދާޅުވިއެވެ.
އަދި އިންޖީނުގޭގެ ވައިބްރޭޝަންގެ ސަބަބުން ސްކޫލުގެ ކްލާސް ރޫމުގައި ޖަހާފައި ހުންނަ ތަށިމުށިތައް ނައްޓައިގެން ދިޔުން ފަދަ ކަންތައްތައް ދިމާވަމުންދާތީ ކުރީ ސަރުކާރުގައިވެސް އެކަންތައްތައް ހައްލުކޮށްދިނުމަށް ތަކުރާރުކޮށް އެ ރަށުގެ ރައްޔިތުން އެދިފައިވާނެ ކަން އީސަ ފާހަގަކުރެއްވި އެވެ. އަދި އީސަ ވިދާޅުވީ އަދުގެ ސަރުކާރުން އެކަމަށް ހައްލު ހޯދުމުގެ ގޮތުން އަލަށް އިމާރާތް ކުރުމަށްޓަކައި ބިންގާ އެޅި އިންޖީނުގެ އަކީ މިޒަމާނުގެ އިންޖީނުގެއެއް ކަމަށެވެ.
އަދި މި މަހުގެ ތެރޭގައި ފެނަކައިގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް އޮންނާނެ ކަމަށް އީސަ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ