ޕީޕީއެމް އޮފީސް ހުސްކުރުމާ މެދު ރައީސް މައުމޫން ވިދާޅުވާން އޮތީ މިހެން

ކޮން ބައެއްކަން ނޭނގޭ ބަޔަކު، ޕީޕީއެމްގެ އޮފީހަށް ވަދެފައި ވާކަމަށާއި އަދި އެބަޔަކު އެ އޮފީހުގެ ސާމާނުތައް ޓްރަކްތަކުގައި ގެންދިޔުމަކީ ވައްކަން ކުރުން ނޫންތޯ ރައީސް މައުމޫން މިރޭ ސުވާލު އުފައްދަވައިފިއެވެ.
ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށް، އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުންވެސް ތާއީދުކޮށް އެ ހުކުމް ދަމަހައްޓާފައި ވަނިކޮށް، ޕީޕީއެމްގެ ބައެއް ބޭފުޅުން އެ ޕާޓީގެ އޮފީހަށް ވަދެ، އެތަން ހުސްކުރުމުގެ މަސައްކަތް ކުރަން ފެށުމާއެކު ރައީސް މައުމޫން މި ވަނީ އެތަނަށް ވަނީ ކޮން ބައެއްކަން ވެސް ނޭނގޭ ކަމަށް ހެއްދެވުމުގެ އިތުރުން، އެތަނުން ސާމާނުތައް ގެންދިޔުމަކީ ވައްކަން ކުރުން ގޮތުގައި ސިފަކުރައްވާފައެވެ.
ޕީޕީއެމް އޮފީސް ހުސްކުރުމަކީ ވައްކަން ކުރުން ނޫންތޯ ރައީސް މައުމޫން މިރޭ ސުވާލު ކުރެއްވިއިރު، ކޯޓު އަމުރާ އެއްގޮތަށް އެ ޕާޓީގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލު ނުކޮށް ރައީސް މައުމޫން ހުންނެވި ހުންނެވުމާ ބެހޭގޮތުން މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ