ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެވުމުން، ވަޒީފާގެ ބިރު ދައްކައި ވަޒީފާއިން ވަކިކުރާ ކުންފުނިތަކުގެ ކުރިމަތީގައި އިހުތިޖާޖުތައް ފަށައި ސީދާ ހަރަކާތައް ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހެލޯ އަަންނި“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީފާގެ ފުރުސަތުތަކަކީ ރައްޔިތުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދިނުމަށްފަހު، ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުދައްކައިގެން ރައްޔިތުން ޗެއިން އަޅުވާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ސަރުކާރަށް ފާޑުކިޔުމަށް ނުވަތަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު ޖެހިލުންވަނީ ވަޒީފާ ގެއްލިދާނެތީއެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތަކަށް ދިޔުމުގެ ސަބަބުން ވަޒީފާގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހުނު މީހުންގެ ޝަކުވާ މިހާރުވެސް ލިބެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެފަދަ ހަބަރެއް މިއަދު ގއ. މާމެންދޫއިން ވެސް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު ހުރި ތަނަކަށް، އަދި އަޅުގަނޑު ބައިވެރިވި ހަރަކާތަކަށް ދިޔުމުގެ ސަބަބުން ވަޒީފާ ގެއްލުނު ކަމަށް ބުނާ މީހުންގެ ވާހަކަ މިއަދުވެސް އަޅުގަނޑު އަޑުއެހިން،“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.
މި މަސައްކަތުގެ ބައެއްގެ ގޮތުން، އިންތިޚާބު ކާމިޔާބުވުމަށްފަހު ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތައް ކައިރީގައި ކުރާ މުޒާހަރާތަކާއި އިހުތިޖާޖުތަކުގައި ފަށާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމުގައި އެ ކުންފުނިތަކުން ވަކިކުރި މުވައްޒަފުން ބައިވެރިވާނެކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑަށް ހީވަނީ މާމެންދޫގައި މި ވޯޓުގެ ފަހުން، އަޅުގަނޑު ޗެއާޕާސަންއަކަށް އިންތިހާބުވުމަށްފަހުގައި އިހުތިޖާޖުކުރާނެ އެ ކުންފުނިތައް ކުރިމަތީގައި. އިހުތިޖާޖުކުރާނެ އެއްވެސް ޝައްކެއް ނެތް އެ ކުދިން ކެނޑި ތަންތަނުގައި. އަދި ވަޒީފާގެ ބިރު ދައްކާ ކުންފުނިތައް، ދާނެ ސީދާ ހަރަކާތަށް އަޅުގަނޑުމެންގެ މެމްބަރުން،“ ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެއްވެސް ބިރެއް ނެތި އެމީހުންގެ ސިޔާސީ ޝުއޫރު ފާޅުކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި، ހުދުމުހުތާރުުކަމާ ދިމާލަށް ދާނަމަ އިންބިލާބެއް އައުން ކަށަވަރު ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް ދޭން އޮތް މެސެޖަކީ ގައުމާ މެދު ބޭނުންހާ ގޮތެއް ނުހެދޭނެ ކަން ކަމަށާއި، ނުގަބޫލުވާ ކަންކަމުގައި ސަރުކާރާ ދެކޮޅަށް ތެދުވުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު މިއަދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހަގީގީ ވާދަވެރިޔާއަކީ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ނޫން ކަމަށާއި ހަގީގީ ވާދަވެރިޔާއަކީ ޕީއެންސީ ކަމަށެވެ. އަދި އެމަނިކުފާނު އިންތިހާބު ނާކާމިޔާބުކުރަން ޕީއެންސީން ކުރާ މަސއް
އަޅުގަނޑު އިންތިހާބުވުމަށްފަހު ވަޒީފާގެ ބިރު ދައްކާ ކުންފުނިތަކުގެ ކުރިމަތީގައި އިހުތިޖާޖުތައް ފަށާނެ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ