ޗެއާޕާސަން ކަމަށް ހޮވޭނީ އަޅުގަނޑުކަން ޞާލިޙަށް އެނގިވަޑައިގަންނަވާ، އެހެން ވިދާޅުވެސްވި: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ގަބޫލުކުރައްވައި، އެހެން ވިދާޅުވި ކަމަށް ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހު އެމްޑީޕީން ބާއްވާ، ޗެއާޕާސަނަކު ހޮވުމުގެ އިންތިޚާބުގައި ޞާލިޙް ތާއިދުކުރައްވަމުން ގެންދަވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަހުމަދު ނަސީމަށެވެ. އެ އިންތިޚާބާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު މިރޭ ވަނީ، އިންތިޚާބު ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވުމުން އެކުގައި މަސައްކަތް ކުރައްވަން ޞާލިޙް ވަޑައިގަންނަވާނެ ކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ދެން ރައީސް ޞާލިޙަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑު މޮޅުވާނެކަން އަދި އަޅުގަނޑު ކައިރީގައި ވެސް ވިދާޅުވެފައި އެބަހުރި އެގޮތަށް، ދެން އެނގިވަޑައިގަންނަވާނެ އަޅުގަނޑު މޮޅުވާނެކަންކުރީގެ ރައީސް މުހައްމަދު ނަޝީދު ނަޝީދު ވިދާޅުވީ، މީކާއީލަށް ތާއިދުކުރައްވާ މެންބަރުން، އެ މަނިކުފާނާއި މީކާއީލްގެ ވޯޓުގެ ފަރަގު ކުޑަ ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފަރަގު ކުޑަނުވާނެކަން ވެސް ޞާލިޙަށް އެނގިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ޞާލިޙުގެ އަރިހުގައި، 2028ގައި ރައީސްކަމަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ތިއްބެވި ކަމަށެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، މާލޭގެ މޭޔަރު އާދަމް އާޒިމާއި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން އުއްމީދުކުރައްވާ އަޑު އެއްސެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. ގިނަ ބޭފުޅުންތަކެއް ރިޔާސީ ޓިކެޓަށް ވާދަކުރެއްވިޔަސް، ޕާޓީގެ އަމާޒަކަށް ވާން ޖެހޭނީ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ނިމިގެން އެންމެން ވެސް ޕާޓީ ވަރުގަދަކޮށް، ސަރުކާރު ޖަވާބުދާރީކުރުވަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ފޯކަސް އެއްގޮތަކަށް ވެސް އެކަމުން ގެއްލިގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ. https://sun.mv/222304 ޞާލިޙް ވަނީ މީކާއީލްގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ނަޝީދާ ގުޅޭ ގޮތުން ވެސް މީގެ ކުރިން ވާހަކަދައްކަވައިފައެވެ. އެގޮތުން، މަގުމައްޗަށް ނުކުމެ ދެ އަތް ފުޅާކޮށް، ކަންކުރެވޭ މީހަކަށް ހުންނެވީ އަމިއްލަ މީހާކަމަށް ގަބޫލުކުރުމަކީ ގޯހެއް ކަމަށް ވިދާޅުވެ، ތަޖުރިބާ ނެތް މީހަކަށް ކަންކަން ނުކުރެވޭނޭ ކަމަށް ދެކުމަކީ ވެސް ގޯހެއް ކަމަށް ޞާލިޙް ސިފަކުރައްވައިފައިވެއެވެ. އެ މަނިކުފާނު ވަނީ، މިހާރު ފުރުސަތު ދޭންވީ އެމްޑީޕީގައި އާ ލީޑަރުން އުފެއްދުމަށް ކަމަށް، ނަޝީދަށް އިޝާރާތް ކުރައްވައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ