އަބްދުﷲ އަހުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރައްވައިފިއެވެ.
އިލެކްޝަން ކޮމިޝަނުން އަބްދުﷲ އަހްމަދުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅީ އޭނާ ނިސްބަތްވާ ޕާޓީ ޕީޕީއެމް އިން އޭނާ ވަކިކުރުމުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި އަބްދުﷲ އަހްމަދުގެ ގޮނޑި ނުގެއްލޭ ސަބަބެއް ގޮތުން ބަޔާން ކޮށްފައިވަނީ އޭނާގެ މައްޗައް ޕީޕީއެމްއިން ފިޔަވަޅު އަޅާފައިވަނީ ޕޮލޯ ކްރޮސިންގ އުސޫލު ތައާރަފްކުރުމަށް ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން ކަމަށްވާތީއެވެ.
އަދި ޕާޓީން މެންބަރަކު ވަކިިވިކަމަށް ބަލާނީ މެންބަރަކު ޕާޓީން ވަކިވުމަށް ސިޓީ ހުށަހަޅާ ހިސާބުންކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރައްވައިފައިވާ އިރު، އޭނާގެ އިތުރުން އިތުރު ތިން މެންބަރެއްގެ ގޮނޑީގެ މައްސަލައިގެ ހުކުމް ކުރުން ވެސް މިއަދަށް ވަނީ ތާވަލު ކުރައްވައިފަ އެވެ. އެ މެންބަރުންނަކީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ