ޗެއާޕާސަން އިންތިހާބު ފަސްކުރަން މީކާއިލް ދެކޮޅު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ، ވަކި ބަޔެއްގެ ފައިދާއަށް އެ އިންތިހާބާ ނުކުޅުމަށް އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމް މިރޭ ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއިލް މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުން ވަގުތީ ޗެއާޕާސަނަކު އައްޔަންކޮށް، އެ މަގާމަށް މީހަކު ހޮވުމަށް އަންނަ 12 ޖޫންގައި އިންތިހާބު ބޭއްވުމަށް އެ ޕާޓީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. 
ނަމަވެސް އެ އިންތިހާބު ފަސްކުރުމަށް ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް، ވަގުތީ ޗެއާޕާސަންކަން ކުރައްވަމުން ގެންދަވާ އަބްދުލްގަފޫރު މޫސާ މިރޭ ވަނީ އެދިވަޑައިގެންފަ އެވެ.
އެކަމާ ދެކޮޅުކަން ހާމަކުރައްވައި މީކާއިލް މިރޭ އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީން އިއުލާންކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭނެ ކަމަށާއި އޭނާގެ ޓީމު އޮތީ އެ އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. 
"ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އަޅުގަނޑުވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއްވެސް ބަލައިގަންނާނެ ކަމެއް ނޫން،" މީކާއިލް ވިދާޅުވި އެވެ.
"ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް." 
މި މަގާމަށް މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެނގުން މުހިންމު - އިންތިހާބު ފަސްކުރަން އެދިވަޑައިގަންނަވާ ސަބަބަކަށް ގަފޫރު ވިދާޅުވީ:
އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ
މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ