މިހާރު ކުރިއަށްދާ މާލެ ރީޖަނަލް ލީގުގެ ދެވަނަ ޑިވިޝަން 2026 ގަ މުބާރާތުގެ އެންމެ ފޯމުގައި އޮތް ޓީމު ލޮރެންޒޯ ސްޕޯޓްސް ކުލަބު މޮޅުވިޔަ ނުދީ ޔުނައިޓެޑް ހެންވޭރިއަންސުން ހިފަހައްޓައިފިއެވެ. މި ދެޓީމު ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އެއްވަރުވެގެންނެވެ.
މުބާރާތުގައި އެންމެ ފަހުން ކުޅުނު ތިންމެޗު ވެސް ކާމިޔާބު ކުރި ލޮރެންޒޯ އިން މިމެޗުގައި ހޯދި ޕޮއިންޓާ އެކު ގުރޫޕުގެ އެއްވަނައިގަ އޮތީ 10 ޕޮއިންޓާއެކުއެވެ. ހެންވޭރިއަންސް ދެވަނައިގަ އޮތީ 8 ޕޮއިންޓާއެކުއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ފަށަގެން ހެންވޭރިއަންސް ޓީމުން ހަމަލާތައް އުފައްދަން މަސައްކަތް ކުރިއެވެ. އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވާލީ އެޓީމުންނެވެ.
ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މެޗުގެ 24 ވަނަ މިނިޓުގައި މުހައްމަދު މިންވާލު އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް ވަނީ ގޯލާ ސީދާ ވާގޮތް ނުވެފައެވެ. އޭގެ ފަހުން މެޗުގެ 31 ވަނަ މިނިޓުގައި ލޮރެންޒޯގެ އަހުމަދު ޝާނިއު އަބްދުލް ޢަނީ ބޮލުން ފޮނުވާލި ބޯޅައެއް ދިއައީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 43 ވަނަ މިނިޓުގައި ހެންވޭރިއަންސް ޓީމުގެ ކެޕްޓަން ޝަޙިމު އަބްދުލް ގާދިރު އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މެޗުގެ ދެވަނަ ހާފުގައި ދެޓީމަށް ވެސް މާއެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
މެޗުގެ 51 ވަނަ މިނިޓުގައި ލޮރެންޒޯގެ މަމްދޫހު ހަސަން ފޮނުވާލި ހިލޭ ޖެހުމެއް ހެންވޭރިއަންސްގެ ތަޖުރިބާކާރު ކީޕަރު އާތިފް އަހުމަދު ވަނީ އަތުލައިގަންފައެވެ.
މިއީ ހެންވޭރިއަންސް އެއްވަރުވި ދެވަނަ މެޗެވެ.
ލޮރެންޒޯ މޮޅުވިޔަ ނުދީ ހެންވޭރިއަންސުން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ